ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ނުހޮވުނަސް ދާއިރާގެ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ދާއިރާ ތަރައްގީ ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދު (އިބުޓީ) ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިބުޓީ ވަނީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުވެސް މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އިބުޓީއަށް ލިބުނު ދެވަނަ އެވެ.
އިންތިހާބަށްފަހު މީޑިއާއަކަށް ދިން ފުރަތަމަ އިންޓަވިއުގައި އިބުޓީ ’ހަފްތާ‘ އަށް ވިދާޅުވީ، މަޖިލީހަށް ނުހޮވުނަސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ދާއިރާގެ ހައްގުގައި ދާއިރާގެ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކުރިއަށްދާނީ ދާއިރާ ތަރައްގީކުރުމުގައި ކަމަށްވެސް ވިދާޅުވި އެވެ.
އިބުޓީ ވިދާޅުވީ، ދާއިރާގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި އެކަން ހަނދާން ނުނެތޭ ކަމަށެވެ.
”ދާއިރާއަށް، ދާއިރާ ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ ކޮށްދެވޭނީވެސް އަޅުގަނޑަށް. އަޅުގަނޑު މިހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. ރައްޔިތުންނަށް ބުނެލަން އަޅުގަނޑު މި ހުރީ ތިޔަ ބޭފުޅުންނާއެކު.. ތިޔަ ބޭފުޅުންނަށް ހިދުމަތް ކުރަން. ގަޅޮޅު ދެކުނަށް ކަންކަން ކޮށްދެވޭނީ ގަޅޮޅު ދެކުނުގެ ދަރިއަކަށް،“ އިބުޓީ ވިދާޅުވި އެވެ.


ގުޅުންހުރި
ޕީސީބީގެ ރައީސް ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
މެޒޯ މުހައްމަދުގެ ކަށުނަމާދު މާދަމާގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
މުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް، ދެ މަގެއްގައި ދަނީ ބައްތި
މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު ކުޅެން ހުއްޓައި މަރުވެއްޖެ
މެޒޯ މުހައްމަދު މަރުވެއްޖެ
އެސްއޯއީތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން އަންގައިފި