ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ހަމަވި އިރު، 48 ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާާބާގުޅޭ މާލީ ކަންކަމާ ގުޅޭ ގޮތުން ހަދާފައިވާ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިހާބު ބާއްވާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އީސީއަށް ހުށަހަޅަންޖެހޭނެ އެވެ.
މާލީ ބަޔާން ހުށަނާޅައިފި ނަމަ، ގާނޫނީ ގޮތުން ކުށްވެރިވާނެ އެވެ. އެ ކުށުގެ އަދަބަކީ 70،000 ރުފިޔާ އިން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން މާލީ ބަޔާން ހުށައަޅަންޖެހޭ މުއްދަތު މި މަހުގެ 22 ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.
އީސީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި 368 ކެންޑިޑޭޓުންގެ ތެރެއިން 48 ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން މާލީ ބަޔާން ހުށަނާޅާ 48 ކެންޑިޑޭޓުންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް އީސީން ބުންޏެވެ.

ގުޅުންހުރި
ރައީސުލްޖުމްހޫރިއްޔާ، މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ
ޔުމްނު ”ވެއްޓުނު“ މައްސަލައިގައި އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ޔުމްނުގެ ވެއްޓުނު މައްސަލަ ތަހުގީގު ނިމެންދެން ކޮމިޝަން ދެމި އޮންނާނެ