މާލޭ ގެސްޓް ހައުސްއެއްގެ ތެރޭގައި ނޭޕާލްގެ ރައްޔިތަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު ނޭޕާލް ރައްޔިތަކު ސަލާމަތް ކޮށްފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ބަންދުކޮށްގެން ގެންގުޅުނީ ސްކައި ލޭންޑް ނަމަކަށް ކިޔާ ގެސްޓް ހައުސްއެއްގަ އެވެ. އަދި އޭނާއަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާ ކަމަށްވެސް އެނގިފައިވެ އެވެ.
އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރީ ބަންގުލަދޭޝަންގެ ދެ ރައްޔިތުންނެވެ. އޭގެ ތެރެއިން އެކަކު ފުލުހުން ވަނީ ދޫކޮށްލައިފައެވެ.
ދެންހުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި