ރައީސް ޑރ. މުހައްމަދު މުއިއްޒު، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓިގާ ބާބުޑާއަށް ވަޑައިގެންފިއެވެ.
އެ މަނިިކިފާނު އެ ގައުމަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ރައީސް އޮފީހުން މިރޭ ބުނީ މި މިމަހުގެ 27 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ ސަމިޓްގެ ޕްލީނަރީ ސެޝަންގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް މުއިއްޒަކީ އދ.އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ. ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޯ އެކްޝަން އެޑޮޕްޓުކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް އެކަށައެޅުމެވެ.
ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ ”ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ އެވެ.
މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.




ގުޅުންހުރި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް:
ރޯދަ މަހު ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ: ރައީސް
ޕީއެންސީގެ ”ފައުޖު“ މާލެ ގެނެސްފި، ޔާމީން ވެސް މިރޭ ޖަލްސާއެއް ބާއްވަނީ
ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ އަޒުމު ކޮންމެ ދުވަހަކު އާކުރަން ވާނެ: ރައީސް