ފަތުރުވެރިޔަކު ކ. ތުލުސްދޫއަށް ކުއްތާއެއް އެރުވުމަށްފަހު ދޫކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
އެ ވީޑިއޯގައި ފެންނަނީ އެ ކުއްތާ ގޮވައިގެން ފަތުރުވެރިޔާ ތުލުސްދޫއަށް ފޭބުމަށްފަހު ރަށަށް ކުއްތާ ދޫކޮށްލާ ތަނެވެ. އަދި ކުއްތާ ދުވެފައި ގޮތް ބަނދަރު މައްޗަށް ބޮޑުކަމުދާތަންވެސް ފެނެ އެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައެއް މީޑިއާތަކަށް ވިދާޅުވި ގޮތުގައި އެ ގޮތަށް ކުއްތާ ރަށަށް ބާލުވާތާ މިހާރު ދެތިން ދުވަސްވެއްޖެ އެވެ. އަދި އެ ކުއްތާ ދޫކޮށްލާފައި އޮންނަނީ އޭނާ ހުންނަ ގެސްޓްހައުސް ކުރިމައްޗަށް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށްވެސް ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ކުއްތާއަކީ ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކަމަށެވެ. އަދި އެ ކުއްތާ ތުލުސްދޫއަށް ބޭލިކަމުގެ މައުލޫމާތު ލިބުމުން ފުލުހުން ހަރަކާތްތެރިވެ، ކުއްތާ އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ
އެ ކުއްތާއަކީ ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެކޮށްފައިވާ ކުއްތާއެއް ކަމަށް ފުލުހުން މައުލާމާތުދެ އެވެ.

ގުޅުންހުރި
އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި
މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވަނީ
70،000 ރުފިޔާ ރިޓާޔަމެންޓް އެލެވެންސްގެ ގޮތުގައި މުއުތަސިމްއަށް ނުދޭން ނިންމައިފި
މާންދީ ދެއްކި ވާހަކައިގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލުނު ކަން
އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު، ކުއްޖާގެ މަންމަ ހޯދުމުގެ މަސައްކަތް
އަނބިމީހާ/ ފިރިމީހާއަށް ގޯތި ލިބުނަސް ފްލެޓް ލިސްޓުން އުނި ނުކުރަން ނިންމައިފި