ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ހަދައިފައިވާ އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯއްދަވަން ޔާމީން، ސވިލް ކޯޓަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދެކޮޅަށް ހުށަހެޅި މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ބީއެމްއެލްއާ ދެކޮޅަށް ޔާމީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވަނީ އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ބީއެމްއެލުން ހިފަހައްޓާފައިވަނީ އެކްސްކްރޯ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ. އެއްބަސްވުމާ ބީއެމްއެލުން ހިލާފުވެފައިވާތީ ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި އެ ފައިސާއާއެކު، އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓުގައި ބެހެއްޓިނަމަ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދުގެ ފައިސާ ބީއެމްއެލުން ނަގައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.
އެ މައްސަލައަށް ޖަވާބުދާރީވަމުން ބީއެމްއެލުން ބުނެފައިވަނީ ބީއެމްއެލްއަކީ މައްސަލައިގައި ޝާމިލުވާ ނުވަތަ އެ މައްސަލައިގައި ބައިވެރިވާ ފަރާތެއް ނޫން ކަމަށެވެ. އޭސީސީން އެދިގެން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ އޭސީސީގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލް ކަރަންޓު އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން ދައުވާ ރައްދުވާން ޖެހޭނީ ބީއެމްއެލްގެ ބަދަލުގައި އޭސީސީއަށް ކަމަށާއި ބީއެމްއެލްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް އެ ދިފާއު ސިވިލް ކޯޓުން ވަނީ ބަލައިނުގަތުމަށް ނިންމައިފައެވެ. ސިވިލް ކޯޓުން ނިންމީ ބީއެމްއެލް ހިމެނޭ ގޮތަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކަމަށެވެ. ބީއެމްއެލުން ވަނީ ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ބީއެމްއެލުން ސިވިލް ކޯޓުގައި އެދުނީ ހައި ކޯޓުގައި އިސްތިއުނާފީ މައްސަލަ ނިމެންދެން ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަ މަޑުޖައްސާލަ ދިނުމުގެ އަމުރަކަށެވެ.
ހައި ކޯޓުން މިއަދު ވަނީ ބީއެމްއެލުން އެދުނު ގޮތަށް އަމުރެއް ނެރެދީފައެވެ. އެގޮތަށް އަމުރު ނެރެދިނީ ބީއެމްއެލުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ނިމުމުގެ ކުރިން ސިވިލް ކޯޓުން މައްސަލަ ނިމިއްޖެނަމަ ހައި ކޯޓުން ކުރާ ހުކުމުގެ ބޭނުން ކެނޑިގެން ދިއުމުގެ ފުރުސަތު އޮތުމުންނެވެ. އަދި އަމުރު ނެރެނުދީފިނަމަ ބޭންކަށް ލިބޭ ގެއްލުން ބޮޑުވުމުގެ ފުރުސަތު އޮތުމުންނެވެ.




ގުޅުންހުރި
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން މަޖިލީހުން ފާސްކޮށްފި
ޔާމީނަކީ ވައްކަންކުރަން ދެވިހިފާފައި ހުރި އިންސާނެއް ކަމަށް ބުނެ ފަލާހުގެ ބޮޑު
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް
ޕީއެންސީގެ ”ފައުޖު“ މާލެ ގެނެސްފި، ޔާމީން ވެސް މިރޭ ޖަލްސާއެއް ބާއްވަނީ