އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަލާމަތްތެރިކަން ބޭނުންވެފައި ހުރި އިތުރު ކުއްޖަކު ސަލާމަތްކޮށް ރާއްޖެ ގެނެސްފި އެވެ.
އުމުރުން 17 އަހަރުގެ ނަދާ ކިޔާ އެ އަންހެން ކުއްޖާ ރާއްޖެ ގެނައީ އެހީ ފޯރުކޮށްދޭ ޖަމާއަތެއް ކަމަށްވާ, ’ހިދުމަތް‘ ޖަމިއްޔާ އިންނެވެ. އެ ކުއްޖާއަކީ މަޝްހޫރު ދިވެހި ގާރީ, އަބްދުއްސައްތާރު އަބޫބަކުރުގެ އާއިލާއާ ގުޅުން ހުރި ކުއްޖެކެވެ.
ހިދުމަތް ޖަމިއްޔާ އިން ބުނި ގޮތުގައި ނަދާގެ ކިޔެވުމުގެ ހަރަދު ވެސް ދިވެހިން ދޭ އެހީ އިން ހަމަޖައްސައިދޭނެ އެވެ.
”މިއަދު ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމުން ނަދާއަށް ތިޔަ ދައްކުވައި ދިނީ، އަހަރުމެން އެންމެންނަކީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ މައްޗަށް އެކުލެވިގެންވާ އެއްއުންމަތެއް ކަމެވެ. ނަދާއަށް މިއަދު މި ދޮންވެލި ގޮނޑުދޮށްތަކުގެ ހިމޭންކަމުން މަރުޙަބާ މިކިޔަނީ، އަޅުގަނޑުމެންގެ އަމިއްލަ ލޭހިނގާ އުޚްތަކަށް މަރްޙަބާ ކިޔާނެ ލޯތްބާއި އޯގާތެރިކަމާއި އެކުގައެވެ.“ ހިދުމަތް ޖަމިއްޔާގެ ފޭސްބުކް ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ފަލަސްތީނުގެ ގާޒާގެ އާއިލާއެއްވެސް ވަނީ ރާއްޖެ ގެނެސްފަ އެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ) އަށް ދިވެހިން ދޭ އެހީގައި ރާއްޖެ ގެނައީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ހަސަން އަލް ކުރުދީގެ އާއިލާގެ ފަސް މެމްބަރުންނެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ހަންގަނޑު އޮމާންކޮށްދޭ ކަމަށްބުނެ ބޭސް ވިއްކާ ޕޭޖުތަކާ މެދު ފިޔަވަޅު އަޅަނީ
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ޕިކްނިކް އައިލެންޑްތައް ތަރައްގީކުރުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި