އިދކޮޅު މައި ޕާޓީ، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި އެ ޕާޓީގެ ޑެޕިއުޓީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އިންތިހާބުކޮށްފިއެވެ.
އެމްޑީޕީން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މަގާމުތަކަށް ވާދަކުރަން ހުޅުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހު މިއަދަށް ފުރުސަތު ހަމަވާ ގޮތަށެވެ.
އެމްޑީޕީން މިއަދު މަގާމުތަކަށް ކުރިމަތިލި މެމްބަރުންނާއި ހޮވުނު މެމްބަރުން އިއުލާނުކޮށްފައެވެ.
ޕާލިމަންޓަރީ ގްރޫޕްގެ މަގާމްތަކަށް އިންތިހާބުވި މެންބަރުން:
ޕީޖީ ލީޑަރު – ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ޑެޕިއުޓީ ޕީޖީ ލީޑަރު – ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ޑެޕިއުޓީ ޕީޖީ ލީޑަރު – މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ
ސެކްރެޓަރީ ޖެނެރަލް – ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް – މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު
ޗީފް ވިޕް – ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
ވިޕް – ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
ވިޕް – ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު




ގުޅުންހުރި
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލަށް ނިންމަނީ
ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް