ޔަހޫދީ އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީން މީހުންގެ އާއިލާތަކާއި ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންނާއި ހަމަލާތަކުގައި ޒަހަމްވި މީހުން ހިމެނޭ ގޮތަށް ފަލަސްތީންގެ 1،000 މީހުންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވަން މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ނިންމަވައި، އެކަމަށް އަމުރެއް ނެރުއްވައިފި އެވެ.
އެ ފުރުސަތު ދެއްވަން ސައުދީ ރަސްގެފާނު ނިންމެވީ އެ މަނިކުފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ކޮންމެ އަހަރަކުވެސް ހައްޖުވުމުގެ ފުރުސަތު ދެއްވާ މީހުންގެ ތެރެއިންނެވެ. ސައުދީ ރަސްގެފާނުގެ އަމުރަށް އެކަން ބަލަހައްޓަނީ އެ ގައުމުގެ އިސްލާމިކް މިނިސްޓްރީންނެވެ.
ސައުދީ ގެޒެޓް ނޫހުގައި ބުނެފައިވާ ގޮތުން ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި މި އަހަރު 2،322 މީހަކަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވަން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރޭގައި ފަލަސްތީންގެ 1،000 މީހަކާއި 88 ގައުމެއްގެ 1،300 މީހުންގެ އިތުރުން އެއް ހަށިގަނޑުން ގުޅިފައި ތިބި ކުދިންގެ ތެރެއިން ސައުދީގައި އޮޕަރޭޝަންކޮށް ހަށިގަނޑު ވަކިކުރި ކުދިންގެ އާއިލާތަކަށް ނިސްބަތްވާ 22 މީހަކު ހިމެނެ އެވެ.
ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވަން ފެއްޓެވީ މީގެ 26 އަހަރަށްވުރެ ކުރިންނެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 60،000 އަށްވުރެ ގިނަ އަންހެނުންނާއި ފިރިހެނުންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވާފައިވެ އެވެ.

ގުޅުންހުރި
ސަރުކާރު ފައިސާއެއް ނުދިނުމުގެ ސަބަބުން ގައިދީންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދަށްވެއްޖެ:
އިދިކޮޅުން ވާހަކަ ފެތުރިޔަސް ޓާމިނަލްގެ މަސަައްކަތް އަވަސްވީ ރައީސްގެ ހިކުމްތްތެރިކަމުން: ސައީދު
ބަންދުގައި ހުރި މީހަކު ހޮސްޕިޓަލަށް ގެންދިއުމުން ފާހަނައިގެ ކުޑަދޮރުން ފިލަން އުޅެފި
ޒިންމާދާރުކަމެއް ނެތް ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބޭ: ރައީސް
އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި
ޕުޓިން މަގާމުން ވަކިކުރި މިނިސްޓަރަކު މަރުވެފައި އޮއްވައި ފެނިއްޖެ