ނޮވެމްބަރ 21, 2024

ޔޫރޯގެ ހުރިހާ މެޗެއް ޕީއެސްއެމުން ދައްކާނެ

އަންނަމަހުގެ 15 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ޕީއެސްއެމުން ހޯދައިފައިވާ ކަމަށާއި މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ދައްކާނެ ޕީއެސްއެމުން މިއަދު ބުނެފިއެވެ.

ޕީއެސްއެމުން މިއަދު ކުރިއަށް ގެންދިޔަ މީޑިއާ ބްރީފިންއެއްގައި އެ ކުންފުނީގެމެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، ޕީއެސްއެމްއަކީ ޔޫރޯ ފުޓުބޯޅަ މުބާރާތް ދެއްކުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ދިވެހި ކުންފުނި ކަމަށެވެ.

”ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް. ޕީއެސްއެމްގެ ޓީވީއެމް އަދި ޔޭސްޓީވީން ގެނެސްދޭނަން އިރާދަ ކުރެއްވިއްޔާ،“ ޒީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީޓީވީއެމްއާއި ޔޭސް ޓީވީ އިން ވަގުތުން ހުރިހާ މެޗެއް ވެސް އަލްޓްރާ އެޗްޑީކޮށް ގެނެސްދިނުމަށް ހަމަޖެހިފާ ކަމަށެވެ. މެޗުތައް ބެލުމަށް ބެލުންތެރިން އިތުރު އަގެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޒީނާ ވިދާޅުވީ އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ”ޔޫރޯ 2020“ ޕީއެސްއެމުންގެނެސް ނުދިނުމުން އާއްމުން އެކަމާ ކަންބޮޑޫވުން ފާޅުކުރި ކަމަށެވެ. ޒީނާ ވިދާޅުވީ އެފަހަރުގެ ޔޫރޯ މުބާރަތް ނުދެއްކުނީ މި ސަރަހައްދަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ދައްކާ ސޮނީ ކުންފުންޏަށް ދައްކަން ޖެހިފައި ހުރި ދަރަނިތައް ނުދައްކާ ހުރުމުން ކަމަށާއި މި އަހަރުގެ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދީ އެ ދަރަނި ދެއްކުމުގެ ޕްލޭނެއް ހެދުމަށް ފަހު ކަމަށެވެ.

Leave a Reply