މާލެ މަގުމަތީގައިތިބި އަންހެނުންތަކަށާއި ކުޑަކުދިންނަށް ޖިންސީ ގުނަވަން ދައްކަމުން ދިޔަ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ނ. ވެލިދޫއަށް ނިސްބަތްވާ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިއަދު ވަނީ އޭނާގެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ މާލޭ ބަސް ޓާމިނަލް ސަރަހައްދުގައި ހުރި ފިރިހެނަކު އެތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންނަށް އޭނާގެ ޖިންސީ ގުނަވަން ދައްކާ ކަމަށް އާއްމު ފަރާތަކުން ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން އެ އެ ސަރަހައްދަށް ދިޔަ ކަމަށެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރި ފަރާތުން ޖިންސީ ގުނަވަން ދެއްކި މީހާ ދެއްކުމުން އޭނާ ވަނީ އިސްކަންދަރު މައިޒާން ތެރެއަށް ވެދެފައި ކަމަށެވެ.
ފުލުހުން އިސްކަންދަރު މައިޒާންގެ ތެރެއަށް ވަންއިރު އެ މީހާ ހުރީ އެތަނުގައި ހުންނަ ޓޭކް އަވޭ ތަނުގައި ކައިރީގައި ކަމަށާއި ފުލުހުން ގޮސް އޭނާ ހުއްޓުވާ ސުވާލު ކުރުމުން ހަޑި ހުތުރު ބަހުން އޭނާ ފުލުހުންނާއި މުއާމަލާތް ކޮށްފައިވާ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އަދި ފުލުހުން އެ މީހާ ސުވާލުކުރަން ފެށުމުން އެތަނުން ގޮސް ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ފްލޯއަށް ހުރަސް އެޅޭގޮތަށް މަގު މެދަށް ނުކުމެގެން ދާން ފެށުމުން ދުއްވާ އެއްޗެއްސަަށް އުނދަގޫވި ކަމަށާއި، މިއާއެކު ސީންގައި ހަރަކާތްތެރިވި ފުލުހަކު އެނާ އެއް ފަރާތަކަށް ގެންދަން އުޅުމުން، އެ ފުލުސް މީހާގެ މޫނު މަތީގައި ޖަހައިފައިވާ ކަމަށް އަމުރުގައި ވެ އެވެ.
މީގެ އިތުރުން އެތަނުގައި ހުރި އެހެން ފުލުހަކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެ ފުލުސް މީހާގެ ގައިގައި ޖެހި ކަމަށާއި، އެއާއެކު އެ ފުލުސް މީހާގެ ބޮޑީ ވޯން ކެމެރާއާއި ޓޯކީ މަގުމައްޗަށް ވެއްޓިފައިވާ ކަމަށެވެ. އިތުރު ފުލުހަކު، އެ މީހާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމުން އެ ފުލުސް މީހާގެ ގައިގައި ފައިން ޖަހައިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޕެޕާ ސްޕްރޭ ޖަހައިގެން ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.




ގުޅުންހުރި
ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު