ސިހުރުގެ އަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެ ކަމަށާއި އަދި ސިހުރު އުނގެނުމަކީ ކާފިރުވާނެ ކަމަށް މާތް ﷲ ވަހީކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
’ސިހުރުގެ ނުބައިކަން‘ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މިއަދު އަހަރެމެންގެ ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރެއިން ސިހުރަކީ އެ ކުށަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށެއް ކަމަށެވެ. އަދި ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވެ، ރަހުމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި އަދާވާތްތެރިކަން އުފެދި ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅި، ސިއްހަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި ވޭން ތަހައްމަލުކުރަން ޖެހޭ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، لَبِيْدُ بْنُ الْأَعْصَم ނަމަކަށް ކިޔާ ޔަހޫދީއަކު، ކީރިތި ރަސޫލާގެ އިސްތަށިފުޅުން މިންވަރެއް ހޯދައިގެން އެކަލޭގެފާނަށް ސިހުރު ހެދި ކަމަށެވެ. އަދި ކީރިތި ރަސޫލާއަށް سُوْرَةُ الْفَلَقِ އާއި سُوْرَةُ النَّاسِ ބާވައިލެއްވީ އެ ހާދިސާއާ ގުޅިގެން ކަމަށް ބުންޏެވެ.
ސިހުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް ކަމާއި އެއީ ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ އަމަލެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ ސިހުރާ ދުރުހެލިވުމަށް ގޮވާލައިފަ އެވެ. އަދި މުސީބާތްތަކުން މިންޖުވުމަށާއި ބޭނުންވާ ކަންކަމުގައި، އިހުލާސްތެރިކަމާ އެކު މާތް ﷲ ގެ ހަޒުރަތުގައި ދުއާ ދެންނެވުމަށްވެސް ގޮވާލި އެވެ.
ހުތުބާގައި ވަނީ ސިހުރާއި ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފަ އެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި ދެވަނަ ކަމަކީ ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ހަޒުރަތުގައި ދުއާ ދެންނެވުން ކަމަށް ބުންޏެވެ. ތިންވަނަ ކަމަކީ ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުއާތައް ކިޔެވުމާއި އެ ކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން ކަމަށްވެސް ބުންޏެވެ.
ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.
”ރޭވެ އަނދިރިވާ ހިނދު، ނުވަތަ އިރުއޮއްސިގެން އަންނަ ހިނދު، ކުޑަކުދިން ބޭރަށް ނުކުތަނުދޭށެވެ! އެ ވަގުތު ޝައިތާނުން ފެތުރިގަންނާނެއެވެ. ދެން ރޭވެ ގަޑިއެއްހައި އިރު ފަހުން އެ ކުދިން ދޫކޮށްލާށެވެ! ދެން ބިސްމި ކިޔައި، ދޮރުތައް ލައްޕާށެވެ! އެހެނީ ބިސްމި ކިޔައި، ލައްޕާފައި ހުންނަ ދޮރެއް ޝައިތާނާ ނުހުޅުވާނެއެވެ! އަދި ބިސްމި ކިޔައި، ތިޔަބައިމީހުންގެ ފެންޖާޑިތައް މަތިޖަހާށެވެ! އަދި ބިސްމި ކިޔައި، ކަންވާރުތަކުގައި މަތިޖަހާށެވެ! ނުވަތަ އޭގެމަތީގައި އެއްޗެއް ހުރަސްކޮށް ބާއްވާށެވެ! އަދި ބައްތިތައް ނިއްވައިލާށެވެ!“
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް