ފަލަސްތީނުގެ ގާޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ އަސްކަރީ އަދި ވެރިކަން ކުރުމުގެ ގާބިލުކަން ނައްތާލައި، އެ ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލުގެ މީހުން ދޫކޮށްނުލާހާ ހިނދަކު ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، ހަނގުރާމަ ނިމުމަކަށް ނުގެންނާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފި އެވެ.
ނަތަންޔާހޫގެ އޮފީހުން އެހެން ބުނީ، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް އިޒްރޭލުން ހަމާސްއަށް ތިން މަރުހަލާގެ ޕްލޭނެއް ހުށަހަޅާފައިވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާން ކުރައްވާފައި ވަނިކޮށެވެ.
އިޒްރޭލުން ހަމާސް އަށް ހުށަހެޅި ތިން މަރުހަލާގެ ޕްލޭން:
- ފުރަތަމަ މަރުހަލާގައި ހިމެނޭ ކަންކަން:
- ހަނގުރާމަ އެއްކޮށް ހުއްޓާލުން. ފަލަސްތީނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުން. އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ މީހުން މިނިވަންކުރުމުގެ ބަދަލެއްގެ ގޮތުން ހަމާސް އިން ރަހީނުކޮށްފައި ތިބި ބައެއް މީހުން ދޫކޮށްލުން
- ދެވަނަ މަރުހަލާގައި ހިމެނޭ ކަންކަން:
- އިޒްރޭލުގެ ފިރިހެން ސިފައިންވެސް ހިމެނޭ ގޮތުން ހަމާސް އިން ރަހީނުކޮށްފައި ތިބި އެންމެން ދޫކޮށްލުން.
- ތިންވަނަ މަރުހަލާގައި ހިމެނޭ ކަންކަން:
- ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން މަރުވެފައިވާ މީހެއް ނަމަ، އޭނާގެ ހަށިގަނޑު އިޒްރޭލާ ހަވާލުކުރުން. އެމެރިކާ އަދި ބައިނަލްއަގުވާމީ އެހީގައި ފަލަސްތީނުގެ ގެތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ހެދުމުގެ ބޮޑު ޕްރޮޖެކްޓެއް ފެށުން
މިފަދަ ޕްލޭނެއް ހުށަހަޅައި މަޝްވަރާތައް ކުރަން ފަށާފައި މިވަނީ މިސްރުގެ ބޯޑަރު ކައިރީގައި އޮންނަ ރަފާއަށް އިޒްރޭލުން ދޭ ހަމަލާތައް އިތުރުވެ، ވަރުގަދަވެފައި ވަނިކޮށެވެ.
ނަމަވެސް ބައިޑަންގެ ވާހަކައާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
އެގޮތުން ހަމާސްގެ އަސްކަރީ އަދި ވެރިކަން ކުރުމުގެ ގާބިލުކަން ނައްތާލައި، އެ ޖަމާއަތުން ރަހީނުކޮށްފައި ތިބި އެންމެން ދޫކޮށްލައި ގާޒާ އިން އިޒްރޭލަށް އެއްވެސް ނުރައްކަލެއް ނާންނާނެކަން ކަށަވަރު ކުރަންޖެހޭނެ ކަމަށާއި އެ ކަންކަން ނުކުރަނީސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނުދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.



ގުޅުންހުރި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް