އެމެރިކާގެ ދެ ސުޕަމޮޑެލް ދެބެން ކަމަށްވާ ބެލާ އަދި ގީގީ ހަދީދުގެ ފަރާތުން ފަލަސްތީނަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކުރަން ނިންމައިފި އެވެ.
ބެލާގެ މަންދޫބަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، އެ އެހީ ފޯރުކޮށްދޭން ނިންމާފައިވަނީ ހަތަރު ޖަމިއްޔާ ކަމަށްވާ ހީލް ފަލަސްތީން، ފަލަސްތީން ޗިލްޑްރަންސް ރިލީފް ފަންޑް، ވޯލްޑް ސެންޓްރަލް ކިޗަން އަދި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ކަމަށެވެ.
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަލަސްތީންގެ އާއިލާތަކާއި ކުޑަކުދިންނަށް އެހީވުމުގައި ހަރަކާތްތެރިވާ މި ޖަމިއްޔާތަކުން ދަނީ ބޭހާއި ކާނާ ފަދަ އިންސާނީ އެހީތަކުގެ އިތުރުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަންދީ ނަފުސާނީ ފަރުވާގެ ހިދުމަތްތައް ދެމުންނެވެ.
ފަލަސްތީނުގެ ބައްޕައަކަށް އުފަން ބެލާ އާއި ގީގީ އަކީ ހާލުގައި ޖެހެމުންދާ ފަލަސްތީން މީހުންގެ ހައްގުގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތު ކުރަމުން އަންނަ ދެ ތަރިންނެވެ. އެގޮތުން މިދިޔަ މަހު ބޭއްވި ކޭންސް ފިލްމު ފެސްޓިވަލަށްވެސް ބެލާ ގޮސްފައިވަނީ ފަލަސްތީންގެ ސަގާފަތް ދައްކުވައިދޭ ރަތާއި ކަޅުގެ ހެދުމެއް ލައިގެންނެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ