ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯޑުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެފަދަ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ރައީސް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
ރައީސް އޮފީހުން ބުނީ، އެ އެއްބަސްވުމުގެ ބޭނުމަކީ ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުން ކަމަށެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި އެ ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.




ގުޅުންހުރި
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައި، ސަރުކާރުން ބުނަނީ ހަ ގަޑިއިރުތެރޭ ހައްލުކޮށްދޭނެ ކަމަށް