ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައި ތަޅުުމުން ފާސްކޮށްފި އެެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީ ޕީީއެންސީީއަށް އޮތުމުން މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ ވެސް ވަނީ އެ ޕާޓީއަށް ލިބިފައެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެހެން ޕާޓީތަކުގެ މެންބަރުން ވެސް ވަނީ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ކަނޑައަޅައިފައެވެ.
މަޖިލިސް ޕީޖީން މަޝްވަރާ ކުރުމަށްފަހުޕާޓީތަކުން ހުށަހެޅި މެންބަރުން ހިމަނައިގެން ކޮމިޓީތަކުގެ އެކުލަވަން ތަޅުމުން ފާސްކުރީ 83 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ 241 ކޮމިޓީގައި 13 މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ އަށް މެންބަރުން ތިއްބަވާނެއެވެ.އަދި ވަކި ޕާޓީއެއް ތަމްސީލުނުކުރައްވާ މެންބަރަކު ވެސް އެ ކޮމިޓީގައި ހިމެނެ އެެވެ.
މާލިއްޔަތު ކޮމިޓީގައި 11 މެންބަރުން ތިއްބަވާނެ އެވެ. އެއީ އެމްޑީޕީ ދެ މެންބަރަކާއި ޖޭޕީގެ މެންބަރު ފިޔަވައި ޕީއެންސީގެ މެންބަރުންނެވެ.
އެސްއޯއީ ކޮމިޓީގައި 11 މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި އެމްޑީޕީގެ ދެ މެންބަރަކާއި އެމްއެންޕީގެ މެންބަރެއްގެ އިތުރުން ދެން ތިއްބަވާނީ ޕީއެންސީ މެންބަރުންނެވެ.

ގުޅުންހުރި
ފުލުހުންނަށް ކުޑޫ ފޮނުވި ސިޓީއަކަށް ޖަވާބު ދޭން 3 މަސް ނެގުމުން
މަގާމުން ވަކިކުރުމުގެ ކުރިން ސީއެސްސީގެ ނައިބު އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލީހަކީ މިހާރު ”ދިމްޔާތު މަޖިލިސް“: ޔާމީން
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އެއްވެސް ލުޔެއް
ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ނެތް މައްސަލައެއް އުފައްދައިގެން: އަލީ ހުސެއިން
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލަށް ތާއީދު ނުކުރަން ވަޒީރުން ވެސް