ރާއްޖޭގައި ތިބި އިސްރާއީލް މީހުން ރާއްޖޭން ފައިބާން އިސްރާއީލުގެ ފޮރިން މިނިސްޓްރީން މިއަދު އަންގައިފިއެވެ.
އެގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި ތިބި އިސްރާއީލް މީހަކަށް ނުރައްކަލެއް ކުރިމަތި ވެއްޖެނަމަ އެހީތެރިވުމަށް އިސްރާއީލަށް ދަތިވާނެ ކަމަށެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނީ އެގައުމުގެ ޕާސްޕޯޓް މަނާ ކުރުމަށް ރާއްޖޭގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަކަން މިއަދު އިއުލާނު ކޮށްފައިވާ ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިސްރާއީލް މީހުން ރާއްޖެ އަށް އެތެރެވުން މަނާ ކުރުމުގެ ގޮތުން ގާނޫނަށް ބަދަލުތަކެއް ނިންމައިފައިވާ ކަމަށެވެ.
އިހުސާން ވަނީ ރާއްޖެއަށް އިސްރާއީލް މީހުން އައުން މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ކެބިނެޓުން ނިންމިކަން އިއުލާން ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް ރައްޔިތުންގެމަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ – އިސްރާއީލް މީހުން ރާއްޖެ އެތެރެވުން މަނާކުރަން ސަރުކާރުން ގާނޫނީ ބަދަލުތައް ގެންނަން ނިންމާފައިމިވަނީ އެމްޑީޕީގެ ފަރާތުން މަޖިލީހުގެގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.




ގުޅުންހުރި
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ