ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުން ބާއްވާފައިވަނީ އެ އޮފީހުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ
”އެ ދެބޭފުޅުންވަނީ ރާއްޖޭގެ އިގުތިސާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ،“ ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ވަނީ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަބްދުއްރަހީމް ދެއްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.



