މިޔަރެއް ހަމަލާދިނުގެ ސަބަބުން ނިޔާވި ކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފިއެވެ.
ޒައިދާންއަށް މިޔަރެއް ހަމަލާދީފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫގައި ކުރިއަށް ގެންދިޔަ ތަމްރީނެއްގެ ތެރެއިންނެވެ. އެ ހާދިސާ ހިނގައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން މިއަދު ވަނީ ރ. އުނގޫފާރުގައި ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފައެވެ. އަދި ވަނީ މި ޖަނާޒާއަށްފަހު ޒައިދާންގެ ސަންދޯކުގައި އަޅާފައި އޮތް ރާއްޖޭގެ ގައުމީ ދިދަ، ޒައިދާންގެ އާއިލާއާ ހަވާލުކޮށްފައެވެ.
ޒައިދާންގެ ޖަނާޒާގައި އެމްއެންޑީއެފްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


