މީހުން ރަހީނުކޮށް، ބަރަހަނާކުރުމަށްފަހު، އޮޮރިޔާންކަނޑު އުފައްދައި އެ މީހުން އަތުން ފޭރޭޭ މައްސަލައެއްގެ ތުހުމަތަށް ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގަައި އެ ދެމަފިރިން ހައްޔަރުކުރީ މިދިޔަ މަހުގެ 26 ގަ އެވެ. އެއީ 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ.
އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
ފުލުހުން އެ ދެ މީހުންގެ ކުރާ ތުހުމަތުތަކަކީ ބިރު ދެއްކުން، ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުން، އޮރިޔާން ކާޑު އުފެއްދުން، އަދި ފޭރުމެވެ.
އެ ކޯޓު އަމުރުން އެނގުނު ގޮތުގައި އެއީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގައި ދިރިއުޅޭ އަންހެނެކެވެ. އަދި އެއީ އުމުރުން 39 އަހަރުގެ އަންހެނެކެވެ. ފިރިހެން މީހާއަކީ 40 އަހަރުގެ މީހެކެވެ.
އެ ދެ މީހުން އެ ކުށްތަށް ކުރަނީ އިތުރު ބަޔަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ބައްސާމުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެެއް ސާބިތުވެއްޖެ
ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި