ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމު އަދާ ކުރައްވަމުންދާ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރާ (އޭސީޕީ)ގެ މަގާމަށް ޕްރޮމޯޓް ކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝިފާންއަށާއި ޝަރީފަށް، ޕްރޮމޯޝަން ލިބުނު ކަމުގެ ލިޔުން ހަވާލުކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އޭސީޕީގެ ރޭންކަކީ ފުލުހުންގެ މުއައްސަސާގެއިދާރީ ގޮތުންދެވޭ އެންމެ މަތީ ރޭންކެވެ. އެއަށްވުރެ މައްޗަށް ހުންނަ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާ ރޭންކާއި ޕޮލިސް ކޮމިޝަނާ މަގާމަކީ އައްޔަންކުރައްވާ މަގާމުތަކެވެ.
ޝިފާންއަކީ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރެވެ. ޝިފާން ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްކަން އަދި އައްޑޫ ޕޮލިސް އެކަޑެމީ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ
ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާ އެވެ. އޭނާ ވަނީ ފުލުހުންގެ ޑިޕާޓްމަންޓުތަކުގެ އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަން ވެސް ކުރައްވައިފަ އެވެ.




ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!