ރާއްޖޭގަައި ތައުލީމީ މީހުން ގިނަވަމުން ދިޔަ ނަމަވެސް އަހުލާގު ހުރި މީހުންގެ އަދަދު ދަނީ ދަށްވަމުން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މަހާޒު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖެއިން 11،254 މީހުން ދަސްވެނިވި ކަމަށާއި 2020 ވަނަ އަހަރު 7،235 މީހުން ދަސްވެނިވި ކަމަށެވެ. އަދި 2021 ވަަނަ އަހަރު ދަސްވެނިވި މީހުންގެ އަދަދު 12،837 ގައި އުޅޭއިރު 2022 ގައި އެ އަދަދު ހުރީ 6،000 ގައި ކަމަށް ވިދާޅުވި އެވެ.
މަހާޒް ވިދާޅުވީ އެ އަދަދުތަކުން ސަފުވަނީ ދިވެހިންގެ މެދުގައ ތައުލީމަށް އޮތް ލޯބިި ކަމަށެވެ. ނަމަވެސް އެ ވިސްނުމުން ބަލާއިރު ރާއްޖޭގެ އަހުލާގީ ފޭރާން ރަނގަޅުވެ، މުޖުތަމައު ހޭލުންތެރިވާން ޖެހޭ ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ފޯނުގައި އެޑިއުކޭޝަނަލް ކެޓަގަރީއަށް ފިޓްވާ ކިތައް އެޕްލިކޭޝަން އެބަ އިންތޯ. އަޅުގަނޑުމެން ފޯނުން އެޕެއް ހުޅުވާލައިފި ނަމަ، އަޅުގަނޑުމެން ހެނދުނުގައި ތަޅާނީ ހުތް އަނބު، މެންދުރުގައި ގިތި ފަޅު، ހަވީރުގައި އަޅުގަނޑުމެން ބަލާނީ ކުރިން ތެޅި ތެޅުމަށް ލިބުނީ ކިތައް ލައިކުތޯ، ކިތައް މީހުން ޝެއާކުރިތޯ،“ މަހާޒު ވިދާޅުވި އެވެ.
މިސްކިތުގައި ދޮރުފަތް ނެތް ނަމަ، ގިނަ މީހުން ސައިކަލު ޕާކުކުރާނީ މިހުރާބާއި މިމްބަރާ ދެމެދުގައި ކަމަށާއި ފިހާރަތަކަށް ވަންނަން ސައިކަލުގައި ގޮސްފި ނަަމަ ގިނަ މީހުން ސައިކަލް ޕާާކު ކުރަނީ ކައުންޓަރާއި ސޭޓާއި ދެމެދު ކަމަށް މަހާޒް ވިދާޅުވިއެވެ،
އަދި ވިދާޅުވީ މީހެއްގެ ގަޔަށް ވަޅި ހަރައިފި ނަމަ، އެއީ ދިވެއްސަކަށް ނުވި ނަމަވެސް އިންސާނީ ތޮއްބިއްޔަތުގެ ގޮތުން ހިތަށް އަސަރުތަކެއް ކުރާ ކަމަށެވެ. ނަމަވެސް ދުުލުން ބަހެއް ބުނާއިރު އެ ބަހުގެ ސަބަބުން އަނެކާއަށް ކުރާނީ ކޮން ކަހަލަ އަސަރެއްތޯ ގިނަ މީހުން ނުބަލާ ކަމަށް މަހާޒް ވިދާޅުވި އެވެ.
އެ ކަންކަން ފާހަގަކޮށް މަހާޒް ވިދާޅުވީ ތައުލީމީ މީހުން ގިނަވިޔަސް އަހުމާލީ ހުރި މީހުންގެ އަދަދު ގިނަވަމުންނުދާ ކަމަށެވެ.
”ނަމަވެސް ރެއާ ދުވާލު އަނެކާގެ އަބުރަށް އަރައިގަނެވޭއިރުގައި އަޅުގަނޑުމެންނަށް މި އިހުސާސް ކުރެވޭތޯ. އަނެކާގެ ހިތުގައި އަޅާވޭން އަޅުގަނޑުމެންނަށް އިހުސާސްކުރެވޭތޯ. ކިހާ ދުވަހަކު އެ ލަކުނުތައް އަނެކާގެ ހިތުގައި ހުންނާނެ ކަމު އަޅުގަނޑުމެން ވިސްނަމުތޯ.“ މަހާޒް ވިދާޅުވި އެވެ.
ތަައުލީމީ މަތީ ސަނަދެއް ހިފައިގެން ނުކުންނަ މީހުންނާމެދު މުޖުތަމައުން އުންމީދުތަކެއް ކުރާާނެ ކަމަށް މަހާޒް ވިދާޅުވި އެވެ. އެހެންކަމުން މުޖުތަމައުގެ ތެރޭގައި އަދަބު އަހުލާގު ހިފަހައްޓައި އަނެއް މީހާގެ ހައްގުތަކަށް އިހުތިރާާމް ކުރަންވާނެ ކަމަށް މަހާޒް ވިދާޅުވި އެވެ.
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް