މި އަހަރުގެ ބޮޑު އީދަށް ޕޮއިސް ޕާފިއުމްސް އިން ދުނިޔޭގެ މަޝްހޫރު ލަތާފާ އަދި ލަތާފާ ޕްރައިޑް ބްރޭންޑް ސެންޓުގެ އާ ސްޓޮކެއް ގެނެސްފި އެވެ.
ޕޮއިސް އިން ބުނީ ލަތާފާ އަދި ލަތާފާ ޕްރައިޑް ބްރޭންޑް ސެންޓުގެ އާ ސްޓޮކް މިއަދުން ފެށިގެން ވިއްކަން ފަށާނެ ކަމަށެވެ.
ދިވެހިންގެ ތެރޭގައިވެސް މަގުބޫލުކަމެއް ލިބެމުންދާ ލަތާފާ އަކީ އަރަބި ބްރޭންޑުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ބްރޭންޑެވެ. މިއީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ބްރޭންޑެކެވެ. 1980 އިން ފެށިގެން ސެންޓު އުފެއްދުމުގައި ފާހަގަކޮށްލެވޭ މި ބްރޭންޑަކީ ދުބާއީގެ އޮތެންޓިކް އަރަބި ވަސްތަކުގެ އެންމެ ބޮޑު ޕްރިމިއަމް ލަގްޒަރީ ސެންޓުވެސްމެއެވެ.
މި ބްރޭންޑްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ފަރާތަކީ ޕޮއިސް އެވެ.
ޕޮއިސް އިން ބުނީ، ރާއްޖެއަށް މި ފަހަރު ގެނައި ސްޓޮކްގައި ލަތާފާގެ މަޝްހޫރު ސެންޓްތަކުގެ ތެރޭގައި ހިމެނޭ އަންދަލީބް، އަންދަލީބު ފްލޮރަ، ހަޔާތީ ގޯލްޑް، ޚަމްރާހް، މޮހްރޯ ސިލްކީ ރޯސް، އޫދް މޫޑް، އިމާން، ގިމްމާރު، ޔާރާ، އަސަދް، އަނަރ އަބިޔަދް ޕައުޑްރީ، އަންސާމް ސިލްވަރ، މަހަރްޖާން، އަފަގް ގޯލްޑް، ނައުގެ އިތުރުން މަޝްހޫރު އާ ސެންޓުތައް ހިމެނޭ ކަމަށެވެ.
އަލަށް ގެނައި ސްޓޮކުގައި މި ފަހަރު މުލިން އަލަށް ފަޚަރު ލަތާފާ އެކްސްޓްރެއިޓް، ސަކީނާ، ޓަވީލް، ރޯ ހިއުމަން އަދި މަސާ ހިމެނޭނެ ކަމަށްވެސް ޕޮއިސް އިން ބުންޏެވެ.
މި އުފެއްދުންތައް މާލެ މަޖީދީ މަގުގެ ރަށްދެބައި މަގު ކައިރީގައި ހުންނަ ޕޮއިސް ޕާފިއުމްސް ފިހާރަ ނުވަތަ ހުޅުމާލެ، ނިރޮޅުމަގު ލޮޓް ނަންބަރު 10421 ގައި ހުންނަ ޕޮއިސް ޕާފިއުމްސް ފިހާރައިން ރީޓެއިލްކޮން އަދި ހޯލްސޭލްކޮށް ގަނެވޭނެއެވެ.
އަދި ޕޮއިސް ފިހާރަ އިން ވިއްކާ ތަކެތީގެ މައުލޫމާތު ޕޮއިސްގެ ފޭސްބުކް ޕޭޖު އަދި އިސްޓަގްރާމުގެ އިތުރުން މާލެ ފިހާރަ ނަމަ، 9151155 އަދި ހުޅުމާލެ ފިހާރަ ނަމަ 9131155 ގުޅައިގެން ލިބޭނެ އެވެ.
އަދި ޕޮއިސް އިން ހޯލްސޭލްކޮށް މުދާ ގަންނަން ބޭނުންވާ ނަމަ 7556699 ނަންބަރަށް ވައިބާ ނުވަތަ ގުޅާލުމުން އެކަން ހަމަޖެހިގެންދާނެ އެވެ.


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި