މާފުށީ ޖަލުގެ ކޮންމެ ގޮޅިއަކުން ކަހަލަ ގޮތަކަށް ފޯނާއި ޑުރަގް ފެންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ، އޮޅުވަލައިގެން ފައިސާ ފޭރުމަށް ކުރާ ސްކޭމް ކޯލްތައް އެންމެ ގިނައިން ކުރަނީ ޖަލުން ކަމަށާއި އެކަން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
އެގޮތުން މާފުށި ޖަލުގައި މިދިޔަ ހަފުތާގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ބޮޑީ ސްކޭން މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ
”ހިތާމަވެރި ހަގީގަތަކީ ޖަލުތެރޭގެ ހަމަ ކޮންމެ ގޮޅިއަކުން އެވްރެޖުކޮށް ފޯނާ އެއްޗެހި ފެންނަމުންދޭ. މަސްތުވާތަކެތި އެބަ ފެނޭ. އަޅުގަނޑުމެން އެއަށް އަޅަންޖެހޭ ފިޔަވަޅުތައް ޖަލުން އެ ދަނީ އަޅަންމުން. އެ ޕޯޝަން ހައްލުވީމަ ދެން މި އޮތީ ސޮސައިޓީ ތެރޭގައި ތިބި ސްކޭމް ކޯލްތައް ކުރާ މީހުން. އެކަމުގައި ބޭންކާއެކުގައި ވަރަށް ރަނގަޅު އެގްރިމަންޓެއް ހަދައިގެން އަޅުގަނޑުމެން ފުލުހުން އެ ދަނީ މަސައްކަތް ކުރަމުން،“ އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސްކޭމް ކޯލްތަކަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމުގެ ގޮތުން ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނުގައި ސްކޭމްތަކަށް ހާއްސަ ސެންޓަރެއް ގާއިމުކުރުމަށް ހިމަނާފައިވާނެ ކަމަށެވެ.

ގުޅުންހުރި
ރަސޫލާގެ ސުންނަތާ ދެކޮޅު ހަދާ މީހުންނާމެދު ސަމާލުވާންޖެހޭ: ހުތުބާ
ރައީސުލްޖުމްހޫރިއްޔާ، މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ
ޔުމްނު ”ވެއްޓުނު“ މައްސަލައިގައި އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި