މަސްވެރިން މިހާރު ކުރަމުންދާ މުޒާހަރާއަކީ އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރަށް އެއްވެ މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.
އެކަމާ ގުޅިގެން ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހިފަހައްޓާފައި އޮތް ފައިސާ އާއެކު 800 މިލިއަން ރުފިޔާ، ފައިސާ ޗާޕުނުކޮށް މަސްވެރިންނަށް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކާމިޔާބީއެއް ކަމަށެވެ. އަދި މިހާތަނަށް ނުދީ ހުރި ފައިސާ ލަސްތަކެއްނުވެ މަސްވެރިންނަށް ދޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
”މަސްވެރިންނަށް ނުދެވި ހުރި ފައިސާކޮޅު ލަސްތަކެއް ނުވެ ދޭނެކަން އެމްޑީޕީ/ ޕީއެންއެފް ކޯލިޝަނަށް ޔަގީންވާތީ ކުރާ މުޒާހަރާއެއް ކުރެވެމުން އެ ދަނީ. އަޅުގަނޑުމެންނަށް ތި އޮޕަރޭޝަން ހިނގާ ގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. ރައީސް މުއިއްޒުގެ ސަރުކާރުގެ މަސްވެރިކަމާބެހޭ ވަޒީރަށް އަދި މާ ރަގަނޅަށް ތި އޮޕަރޭޝަން ދާ ގޮތް ސާފުވޭ،“ މިހާރު ކުރަމުންދާ މުޒާހަރާއަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުގެ މިނިސްޓަރުން މުޒާހަރާއެއް ކުރާ ނަމަ، އެ މުޒާހަރާއެއްގެ އަޑު އަހައި، ހައްލުވެސް ގެންނަވާނެ ކަމަށެވެ.
”ނަމަވެސް މީގެ ކުރިން މަސްވެރިކަމާބެހޭ ވަޒީރެއް ހުންނަ ކަމެެއްވެސް ނޭނގޭ! އަދި މަސްވެރިން މުޒާހަރާ ކުރީމައި އެ އެންމެން ލަނީ ޖަލަށް. ރައީސް މުއިއްޒުގެ ސަރުކާރުން މަސްވެރިން ބިކަ ނުކުރާނެ،“ ޝުޖާއު ވިދާޅުވި އެވެ.

ގުޅުންހުރި
ސައޫދީ ރަސްގެފާނުގެ ހައްޖު ދަތުރު ލިބުނު ފަލަސްތީން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް
އެޗްއައިވީ ޖެހިފައިވާ ބިދޭސީއަކު ފިލައިގެން އުޅޭތީ ހޯދަނީ
އޮސްޓްރޭލިއާއިން އެމްއެންޑީއެފްއަށް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރަނީ
ސާޖިދާ ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމައިފި
ކަނޑުދަތުރު ނުކުރެވޭ ވަރަށް އީދުގައި މޫސުން ގޯސްނުވާނެ: މެޓް
ރައީސް ބައްދަލުކުރެއްވި ”ޕްރިންސް“އާ ބެހޭގޮތުން ހަލީލްއާ ސުވާލު ކުރަނީ