ހުޅުމާލޭގައި ހިންގި މާރާމާރީއެއްގެ ސީނަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު ފިލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މި ފަހުން ހިންގި ސިލްސިލާ މާރާމާރީގެ ތެރެއިން މި މަހު 15 ވަނަ ދުވަހު، ހުޅުމާލޭ ފިލިގަސް މަގުގައި ހިންގި މާރާމާރީއެއްގައި ސީނަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައި ދެ މީހަކު ވަނީ ފިލައިފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން އެކަކު މިދިޔަ ހަފުތާގައި ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިދީފައި ކަމަށެވެ.




ގުޅުންހުރި
އަހަރުގެ ފުރަތަމަ 6 ދުވަސް: 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ
އާސަންދަ އޮތީ ލަންކާ ހޮސްޕިޓަލަށް 70 މިލިއަން ރުޕީސްއަށް ދަރާފައި، ހިދުމަތް
ނުރައްކާވާ މިންވަރަށް ވައި ނުސާފު ދުވަހެއް، ކުރިއަށް އޮތް 5 ދުވަސް
އުމްރާއަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ
ކިލޯއަކަށް ވުރެ ގިނަ ޑުރަގާއެކު ދެ މީހުން ހައްޔަރަށް، ބަންދަށް ޖެހީ
ބްރޯޑްކޮމްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލާގައި ފަޒީންއަށް