ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރި މޯލްޑިވިއަންގެ މަތިންދާބޯޓަކަށް މައްސަލައެއް ޖެހި އަނބުރާ ޖައްސައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، އިންޑިއާގެ ޓްރިވެންޑްރަމަށް ދިއުމަށް މާލެ އިން މިއަދު މެންދުރުފަހު ފުރި އެ އެއާލައިންސްގެ ކިއު2700 މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި އަނބުރާ މާލެ ޖައްސާފައިވާ ކަމަށެވެ.
ދިމާވީ ކޮން ކަހަލަ މައްސަލައެއް ކަމެއް ނުބުނެ އެވެ. ބުނީ، ވަކި ގޮތެއް އަންގަންދެން އެ ފްލައިޓް މިހާރު ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ފްލައިޓްތަކުގެ އެއާ ޓްރެފިކް ފެންނަ ފްލައިޓް ރާޑާ 24 ވެބްސައިޓުން ފެންނަ ގޮތުން ފްލައިޓް މާލެއަށް އަނބުރާ ޖެއްސީ އެއާޕޯޓުން ނައްޓާލިތާ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި ފްލައިޓް އެއާޕޯޓަށް ޖައްސަން ތިރިކުރަން ފެށީ 17،000 ފޫޓު މައްޗަށް އެރި ފަހުން ކަމަށްވެސް ދައްކަ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް