ސަރުކާރަށްމިވީ ހަތް މަސް ދުވަހުގެ ތެރޭގައި ފައިސާ ޗާޕުނުކޮށް އަދި ބޭރުން އިތުރު ލޯނެއް ނުނަގައި، އާމްދަނީ ހޯދައިގެން 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ކަންތައްކުރި ގޮތަށް ރާއްޖެއަށް ނުކަތާވަރުގެ ބޮޑެތި އިންޓަރެސްޓް ރޭޓް ތަކުގައި ހުންނަ ބޮޑެތި ލޯނުތައް އެ މަނިކުފާނުގެ ސަރުކާރުން ނެގުން ހުއްޓާލައިފައިވާ ކަމަށެވެ.
އަދި ވިދާޅު ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ފަހު، ބޮޑެތި އިންޓްރެސްޓް ރެޓުތަކުގައި ބޮޑެތި ލޯނުތަކަށާއި އެތެރޭގެ ދަރަނިތަކައް ފައިސާ ދައްކައިފައިވާ ކަމަށެވެ.
”ބޭރުގެ ދަރަނީގެ ވެސް 2.7 ބިލިއަން ރުފިޔާ އެންމެ ލޯނެއްވެސް ޑިފޯލްޓު ނުވެ ވަގުތުން ދައްކަމުން މިއަންނަނީ. ގާތް ގަނޑަކަށް 13 ބިލިއަން ރުފިޔާ މި 7 މަސް ތެރޭގައި އަޅުގަނޑުމެން މިއައީ ދައްކާފަ. އެއީ އެބޭފުޅުން އަޅުގަނޑުމެންނާއި ދެކޮޅު، އަޅުގަނޑުމެންނާއި ވާދަވެރި ބޭފުޅުން ފޮރުވަން ބޭނުންވާ ހަގީގަތް. އަޅުގަނޑުމެން ދައްކާނީ ތެދުބަހުން ވާހަކަ“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ހުރިހާ ފައިސާއެއް ދައްކާފައިވަނީ ފައިސާ ޗާޕުނުކޮށް ކަމަށެވެ. ވާދަވެރި ޕާޓީގެ އިސް ބޭފުޅުން ދަނީ ކަންކަމުގެ ހަގީގަތް އޮޅުވާލަމުން ކަމަށާއި އެ ބޭފުޅުން ކުރައްވާ ކަމަކީ ދޮގު ހެދުން ކަމަށާއި އެކިއެކި ޒަރިއްޔާ ތަކުން އުފައްދައިގެން އެއްވެސް އަސާސެއް ނެތް ހުސްދޮގު އެ ފަރާތްތަކުން ހަދަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އެސްޑީއެފްގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށާއި އެއީ ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ރިޒާވް ކޮށްފައި ހުންނަ ފަންޑެއް ނަމަވެސް އެ ރުފިޔާވެސް މިދިޔަ ސަރުކާރުން ބޭނުން ކުރީ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނުގެ ސަރުކާރަށް މިވީ ހަތް މަސް ދުވަހުގެ ތެރޭގައި އެ ފަންޑަށް 54 މިލިއަން ޑޮލަރު ޖަމާކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

40 Comments
ގުޅުންހުރި
އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިންވަނަ ބުރު: ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން
އެލައިޑުގެ އިފްތާރު ޕެކް ބެހުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ކުރިޔަށްދަނީ
ޓައިގާ ވުޑްސް މިހާރު ހިތާވެގެން އުޅެނީ ޓުރަމްޕުގެ ކުރީގެ ޅީދަރިފުޅާ
ރަަސްދޫގައި ފިހުނު ދެމަފިރިންގެ އުންމީދު ކަނޑާލައިފި
ކަރަންޓު މައްސަލަ ހައްލު ނުކޮށް އައްޑޫގައި އީދު ބޮކި ދިއްލުމާ ދެކޮޅު
ޝަހީދުކޮށްލި ނޫސްވެރިޔާގެ ފަހު މެސެޖު: ފަލަސްތީން މިނިވަން ވަންދެން، އަހަރެމެންގެ ވާހަކަ