ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނަށް ހާއްސަކޮށްގެން ބެހެއްޓި ހުސްގޮނޑި ދައްކައިގެން ކަމަށާއި ހުސްގޮނޑީގެ ސިހުރު އަދިވެސް ވަރަށް ގަދަ ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެެވެ.
އަމިއްލަފުޅު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް ހިފައިގެން ޕީޕީއެމް/ޕީއެންސީގެ އިސްވެރިން އެ މަނިކުފާނުގެ އަރިހަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.
ޔާމީން ވިދާޅުވީ އެ ބޭފުޅުން އެ މަނިކުފާނުގެ އަރިހަށް ވަޑައިގެންނެވީ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ސިޔާސީ މަސައްކަތުގައި އުޅުއްވާތީ އެކަން ހުއްޓުވުމަށް ކަމަށާއި އެކަން އެގޮތަށް ކުރެއްވުމަށް ދެކޮޅު ހެއްދެވި ކަމަށެވެ. އަދި އެ މަނިކުފާނުގެ ”މަވެތިކަމުން“ 2018ގެ ރިޔާސީ އިންތިހާބު ގެއްލުނު ކަމަށް އަބްދުއްރަހީމް ދައްކަވާ ވާހަކަވެސް ގަބޫލުނުކުރައްވާ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ތެރެއިން ރިޔާސީ އިންތިހާބަށް ކުރި މަސައްކަތެއްވިއްޔާ ކުރެއްވީ އެ މަނިކުފާނު ކަމަށް ވިދާޅުވިއެވެ.
”އަދިވެސް ގަބޫލުކުރަންޖެހޭ ދެއްތޯ އެއްކަލަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ކީއްވެގެންތޯ އެކަން ހަނދާން ނެތިގެން މި އުޅެނީ. ހަމަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައީ. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ނުލިބުނީ ހުސްގޮނޑިތަކުގެ ވާހަކަދައްކާނެ ކަމެއް ނެތް. އާދެވުނީ ހުސްގޮނޑީގެ ބޭނުމުގައި. އެ ޖާދުލުގައި. އެ މަސްތުގައި އައީ،“ ޔާމީން ވިދާޅުވިއެވެ.




ގުޅުންހުރި
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު