ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޯކޮކަލް ބަލި ރާއްޖެ އިން ފެނިއްޖެ އެވެ.
އެކަން މި ނޫހަށް ކަށަވަރުވި ނަމަވެސް، އެޗްޕީއޭ އިން އެކަން ކަށަވަރުކޮށެއް ނުދެ އެވެ. އަދި އެކަން ދޮގެއްވެސް ނުކުރެ އެވެ.
އެޗްޕީއޭގެ މީޑިއާ އޮފިޝަލުންނާ ތަކުރާރުކޮށް އެކަމާ ގުޅިގެން ސުވާލު ކުރުމުންވެސް ޖަވާބު ދީފައެއް ނުވެ އެވެ. ނަމަވެސް ހަފްތާ އަށް އެޗްޕީއޭ އިން މިއަދު ހަވީރު 4:44 ގައި ފޮނުވި މެސެޖެއްގައި ބުނީ އެކަމުގެ ތެދު މައުލޫމާތާއެކު ވަރަށް އަވަހަށް ނޫސް ބަޔާނެއް ނެރޭނެ ކަމަށެވެ.
ނަމަވެސް އެ މެސެޖު ފޮނުވިތާ މިހާރު ހަތަރު ގަޑިއިރު ވެގެންދިޔަ އިރުވެސް އެ ބުނާ ނޫސް ބަޔާނެއް އެޗްޕީއޭ އަކުން ނުނެރެ އެވެ.
އިންޓަނެޓުން ލިބެން ހުރި މައުލޫމާތުން އެނގޭ ގޮތުގައި މެނިންގޮކޯކޮލް ބައްޔަކީ ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ ނެއިސެރިއާ މެނިންގްޓިޑިސް ނުވަތަ އާންމު ނަމުންނަމަ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
މި ބުނާ ބެކްޓީރިއާ ސިކުނޑިއާއި މައިބަނދަ ރައްކާތެރިކޮށްދޭ މެނިންޖެސް އަދި ލޭ ތަގައްޔަރުކޮށްލަ އެވެ. އަދި އެކަމަށް އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ހަށިގަނޑުގެ ގުނަވަންތައް ހަލާކުކޮށްލައި ނުވަތަ މަރަށް ހުށަހެޅެ އެވެ. އެ ބަލިން ރައްކާތެރިވުމަށް ވެކްސިނެއް ޖަހަންޖެހެ އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި