ހަކަތަރި ލޭބަލްއަކީ ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ އެނާޖީ އެފިޝަންޓް މިންވަރު ދެނެގަނެވޭނޭ އަދި އަންގައިދޭ ދިވެހި ލޭބަލް ޖެހި ހިޓާޗީ ބްރޭންޑުގެ އައިސް އަލަމާރި އަދި ދޮންނަމެޝިން އެސްޓީއޯ އިން މިއަދު ތައާރަފުކޮށްފި އެވެ.
ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ މަސައްކަތްތައް ފަސޭހަވީ ނަމަވެސް ކަރަންޓު ހަރަދު ބޮޑުވެގެން ދިއުމަކީ އަބަދުވެސް އިވޭ ޝަކުވާއެކެވެ.
ހަކަތަރި ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެ ތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން 2021 ވަނަ އަހަރު ތައާރަފު ކުރި ޕްރޮގްރާމެކެވެ.
ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފަ އެވެ. ލޭބަލްގައި ޖަހާފައިވާ ތަރީގެ ނަންބަރު އެކެއް އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓް ތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދު ކަމެވެ.
އެ ޕްރޮގްރާމުގައި އެންމެ ފުރަތަމަ ބައިވެރިވި ކުންފުންޏަކީ އެސްޓީއޯ އެވެ. އެގޮތުން 12 މެެއި 2022 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް ހަކަތަރި ލޭބަލް ޖެހި ހިޓާޗީ އެއާ ކޮންޑިޝަނާ އެ ކުންފުނިން ތައާރަފު ކުރި އެވެ. އޭގެ ތެރޭގައި އޭސީގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ 42 ޕަސެންޓް ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އޭސީތައް ހިމެނެ އެވެ.
އަދި ފަހުން ނޮވެމްބަރު 2023 ގައި ހަކަތަރީގެ ލޭބަލް ޖެހި ހިޓާޗީ ފްރިޖުގެ 14 މޮޑެލްއެއް ތައާރަފު ކުރި އެވެ. މި މޮޑެލްތަކުގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެ އެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނިން ހަކަތަރި ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެ ކުންފުނިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން މުދާ ގަންނައިރު އެ މުދަލަކީ ހަކަތަރި ރޭޓިން ޖަހާފައިވާ ކަރަންޓު ހަރަދު ކުޑަކޮށްދޭނެ މުދާކަން އަންގައި ދިނުން ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް ހިޓާޗީ ބްރޭންޑްގެ ހަކަތަރި ލޭބަލް ޖެހިފައިވާ އިތުރު ޕްރޮޑަކްޓްސްތައް މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.




ގުޅުންހުރި
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި