ވަޒީފާ އިން ވަކިކުރަން މެމޯ ފޮނުވީ އެ ކުންފުނިން ހިންގާ ވިޔަފާރިއެއްގެ ގޮތުގައި ބަލަހައްޓަމުންދިޔަ އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް (އޭއެފްއެމް)ގެ މުވައްޒަފުންނަށް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އާރުޑީސީގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން މެމޯއެއް ފޮނުވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޝާއިއު ކޮށްފައިވާ ހަބަރުގެ ތެދު މައުލޫމާތު ދެމުން އާރުޑީސީން ބުނީ، އޭއެފްއެމްގެ އިން ކުރަމުންދިޔަ ވިޔަފާރި ހުއްޓާލަން އެ ކުންފުނީގެ ބޯޑުން ނިންމީ އެ ވިޔަފާރިއަކީ ގެއްލުމުގައި ހިންގަމުންދިޔަ ވިޔަފާރިއަކަށް ވެފައި، އެ ވިޔަފާރި ކުރަމުންދިޔަ ބިން ދޫކޮށްލަން ޖެހުމުން ކަމަށެވެ.
އެ ބިން ދޫކޮށްލަން ޖެހުނު މައިގަނޑު ސަބަބަކީ އެ ފެސިލިޓީ ހިމެނޭ ސަރަހައްދަކީ ބޯހިޔާވަހިކަމުގެ މަޝްރޫގެ ދަށުން ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދަކަށްވުމުންނާއި އެކަމާއި ގުޅިގެން ތަރައްގީގެ އެހެނިން މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދަކަށްވުމުން، އެ ބިން ހުސްކުރުމަށް އެޗްޑީސީ އިން އެންގުމުން ކަމަށްވެސް އާރުޑީސީން ބުންޏެވެ.




ގުޅުންހުރި
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި, މިހާރު އެއީ ދެގުނަ ބޮޑު
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ