ކަސްޓަމްގެ އިޖުރާއުތައް ފުރިހަމަ ނުކޮށް، ރާއްޖެއަށް ސިއްރުން އެތެރެކޮށްފައިވާ 1.6 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖެއަށް ވަގަށް ސިނގިރޭޓުތަކެއް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި އެމްއެންޑީއެފްގެ އެއްބާރުލުމާއެކު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެގޮތުން މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގެ ތަނެއް އަދި ބުދަ ދުވަހު މާލެއާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލައިފާސްކުރި ކަމަށް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އެ އޮޕަރޭޝަންގައި ޖުމުލަ 173 ކާޓަން ނުވަތަ 1.7 މިލިއަން ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށެވެ. އެ ތަކެތީގެ ލަފާކުރެވޭ މާކެޓް އަގަކީ 1.6 މިލިއަން ދިވެހި ރުފިޔާ ކަމަށްވާއިރު، މި ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ދައުލަތައް ދައްކަންޖެހެ ކަމަށްވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، މިހާރު އެ އިދާރާގެ ކަންކަން ބައްޓަންކޮށްފައިވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ފްރޮފައިލަށް ބިނާކޮށް ކަނޑައަޅާ މިންވަރަކަށް ރިއާޔަތްކޮށް މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މައްޗަށް ކަމަށެވެ.
އެގޮތުން ކަސްޓަމްސްއަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ގާނޫނާގަވާއިދާ ހިލާފު އަމަލުތަކަށް ޝައްކުރެވޭ ހާލަތްތަކުގައި، މުދާ ކްލިއާ ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ނެޓްވޯކުތައް ހޯދައި އެ ފަރާތްތަކަށް ވާސިލުވުމަށްޓަކައި ’ކޮންޓްރޯލް ޑެލިވަރީ‘ އޮޕަރޭޝަންތައް ކުރިއަށްގެންދާ ކަމަށް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އެގޮތަށް ހިންގާ އޮޕަރޭޝަންތަކުގައި މުދާ ގެންގޮސް ވައްދާ ތަންތަން ބަލައިފާސްކޮށް މުދާތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ނަގާ ކަމަށެވެ.
އަދި އޮޕަރޭޝަންގައި ފާހަގަކުރެވޭ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަތައް ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގުކޮށް ފިޔަވަޅު އަޅަމުންދާނެ ކަމަށް ބުންޏެވެ.
ގުޅުންހުރި
ވައިބާ އާއި ފޭސްބުކް ހެކުކޮށް މީހުންގެ އަތުން އަތުލި ފައިސާ 6
ބަންކަރިން ހިދުމަތް ފަށަން ފުރިހަމައަށް ތައްޔާރު، މިހާރުވެސް ބުކިންތައް ދަނީ ލިބެމުން:
ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ލިސްޓަށް ކ. އަތޮޅުގެ 3 ފަޅެއް،
ޕީީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި
ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
ބަންކަރިންގެ ދެވަނަ ފިޔަވަހި: ހޯރަފުށި ފަޅުގައި ޕޯޓަކާއި ކްލަބް ހައުސްއެއް، އިހަވަންދޫގައި