މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގައި ދަށުގައި ހުންނަ ޖަލުތަކާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ރިމާންޑް ޖަލުތަކުގައި މަރުވާ މީހުންގެ ހަށިގަނޑު އާއިލާއާ ދެން ހަވާލުކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމްއެއް ހެދުމަށްފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި އިއްޔެ މަރުވި ށ. ފުނަދޫ/ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމު ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ޑޮކްޓަރުން ބުނުމުން ހަށިގަނޑު ވަޅުލުމަށް އޭނާގެ އާއިލާއާ ހަވާލުކުރީ އިއްޔެ ހަވީރު 6:10 ގަ އެވެ. އެހެންވެ ޖަމީލްގެ އާއިލާ އިން ފުރަތަމަ މަސައްކަތް ކުރީ ރޭ 12:00 ޖެހިއިރު ހަށިގަނޑު ވަޅުލުމަށެވެ.
ނަމަވެސް ޖަމީލަށް އަނިޔާކޮށްފައި ހުރި ކަމަށް ތުހުމަތުވާ ފޮޓޯތަކެއް އާންމުވުމުން ފުލުހުން ވަނީ ޖަމީލުގެ ހަށިގަނޑު ހިނަވައި ނިންމާފައި ވަނިކޮށް، އާއިލާގެ ރުހުމާއި ދެކޮޅަށް، ’އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް‘ ކަމަށް ބުނެ ހަށިގަނޑު ގެންދަން މަސައްކަތް ކޮށްފަ އެވެ.
އެކަމާ އާއިލާ އިން ދެކޮޅު ހެދުމުން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް ސަހަރާއަށް ވަޑައިގެން ޖަމީލުގެ ހަށިގަނޑު ވަޅުލާން ފުރުސަތު ދިނެވެ. އެހެންވެ ޖަމީލުގެ ހަށިގަނޑު މިއަދު ފަތިހު ވަނީ ވަޅުލައިފަ އެވެ.
ޖަމީލުގެ މަރާ ގުޅޭ މައުލޫމާތު ދިނުމަށ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އިހުސާން ވިދާޅުވީ، ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މީހަކު މަރުވެއްޖެ ނަމަ އާއިލާތަކަށް ހަށިގަނޑު ދޫކުރާނީ ފުރިހަމަ ޕޯސްޓްޕޯޓަމެއް ހެދުމަށްފަހު އެކަމުގެ ރިޕޯޓުތައް ލިބި މުއްސަސާތަކުން ޖަވާބުދާރި ވެވޭ ވަރަށް ތައްޔާރުވެގެން ކަމަށެވެ.
އަދި ޖަމީލު މަރުވިކަން އެނގުނީ ހަތަރު ގަޑިއިރުފަހުންކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ހަރަކާތެއް ނެތި ހަތަރު ގަޑިއިރު އެހެން އޮތުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ.
”އަޅުގަނޑު ގަބޫލުކުރަން އެއީ އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ ކަމެއް، އެހެންކަމުން މިއަދުން ފެށިގެން އެއްގަޑިއިރު ތެރޭގައި ކަރެކްޝަނަލް ސާވިސް އިން ކޮންމެ ގައިދީއަކު އަޅުގަނޑުމެން ބަލާނަން އެއީ އަޅުކަމުގެ ހަރަކާތެއްގައި އޮތަސް އެ މީހާ ފުރާނަ ހުރިތޯ، ހަރަކާތް ކުރޭތޯ،“ އިހުސާން ވިދާޅުވި އެވެ.

ގުޅުންހުރި
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމަށް
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީހީ ގިނަ ކާމިޔާބީތަކެއް ހާސިލުވެއްޖެ: ޝަހީމް
ގައުމީ ދުވަހުގެ ޝަރަފްވެރި ހިނގާލުން މާދަމާ ހަވީރު
ކަނޑައެޅި ވަގުތުގެ ކުރިން ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް، ފަހުމީގެ ޝުކުރު މުވައްޒަފުންނަށް
ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ދެ ގޮތެއް ހުށަހަޅައިފި: ވިލާއަށް