ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ހައްޔަރުކުރި ތ. ކިނބިދޫ/ ހުސައިން ސަމީރު (58އ) ދޫކޮށްލަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
ރައީސް މުއިއްޒުއާ ސިޔާސީ ގޮތުން ގާތްވުމަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސަލީމާއި އޭނާގެ ކޮއްކޮ ސަނާ ސަލީމާއި ސަމީރު ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ޝަމްނާޒާއި އޭނާގެ ކޮއްކޮ ސިހުރު ހަދައިދޭން އެދުނީ ސަމީރު ކައިރިންނެވެ.
ފުލުހުން މިއަދު ބުނީ ސަމީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 29ގައި ހުޅުމާލެ ކޯޓަށް ހާޒިރު ކުރުމުން ޝަރުުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލި ނަމަވެސް ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދަށް ކޯޓުން މިއަދު ވަނީ އިތުރު ހަތް ދުވަސް ޖަހައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ޝަމްނާޒް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާގެ ކުރީގެ ފިރިކަލުން، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުވެސް ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް ރަމީޒު ސަސްޕެންޑް ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި