ފަލަސްތީނުގެ މީހަކު ހިމެނޭ ގޮތަށް މިދިޔަ އަހަރު 11 ބިދޭސީއަކަށް ދިވެހި ރައްޔިތުކަން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް އިސްމާއިލް މަމްދޫހު ވިދާޅުވީ ފާއިތުވި އަހަރު ދިވެހި ރައްޔިތުކަން ހޯދަން 16 މީހަކު ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން ދިވެހި ރައްޔިތުކަން ދީފައިވަނީ 11 މީހަކަށް ކަމަށެވެ.
ދިވެހި ރައްޔިތުކަން ދިން މީހުންގެ ތެރޭގައި ހިމެނެނީ އެރިޓްރިއާގެ މީހަކާއި ފަލަސްތީންގެ މީހަކާއި އިންޑިއާގެ ތިން މީހަކާއި ސްރީ ލަންކާގެ ފަސް މީހަކަށެވެ.
މަމްދޫހު ވިދާޅުވީ، ރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނަށް 1969 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފެށި ފަހުން މިހާތަނަށް ދިވެހި ރައްޔިތުކަން ދީފައިވަނީ 33 މީހަކަށެވެ. ނަމަވެސް އެ ގާނޫނަކީ ވަރަށް ދުވަސްވެފައިވާ ގާނޫނަކަށްވާތީ، އެހާ ގިނަ ތަފުސީލުތަކެއް ބަޔާންކޮށްފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސިޓިޒެންޝިޕް ގާނޫނުގެ ދަށުން ބިދޭސީންނަށް ދިވެހި ރައްޔިތުކަން ދިނުމުގައި އެ މީހަކީ ސުންނީ މުސްލިމެއްތޯ އާއި ގާނޫނުއަސާސީއާއި ގާނޫނުތައް އެނގޭ މިންވަރާއި އަސާސީ ތައުލީމުގެ ފެންވަރާއި ދިވެހި ބަހުން ލިޔެކިޔުމުގެ ފެންވަރު ބަލަ އެވެ. އަދި ދިވެހި ރައްޔިތުކަން ހޯދުމަށް އެދި ހުށަހަޅާ މީހަކީ މެދުނުކެނޑި ރާއްޖޭގައި 10 އަހަރު އުޅެފައިވާ މީހަކަށް ވާންޖެހެ އެވެ.
ސިޓިޒެންޝިޕްގެ ގާނޫނުގެ ދަށުން ރައްޔިތުކަން ދިނުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް