ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދާ ބިނާވެހި ޕްރޮގްރާމުގެ ދެވަނަ ބުރު މިއަދު ފަށައިފި އެވެ.
ބިނާވެހި ޕްރޮގުރާމް ހާއްސަކޮށްފައިވަނީ ސާނަވީ އިމުތިހާނަށްފަހު މަތީ ސާވަނީ ތައުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިހާނަށްފަހު ކޮލެޖުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ނުވަތަ ތައުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ މީހުންނަށެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ މަސައްކަތުގެ މާހައުލަށް ހާނުވައި، މަސައްކަތުގެ މާހައުލަށް ނުކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
އާރުޑީސީން ބުނީ، ބިނާވެހި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ޖުމުލަ ހަ ބައިވެރިން ބައިވެރިވާ ކަމަށެވެ. ހަ މަސް ދުވަހަށް ކުރިއަށްގެންދާ ޕްރޮގްރާމުގައި ކޮންމެ ބައިވެރިއަކަށް 5000 ރުފިޔާގެ އެލަވަންސް އެއް ދޭނެ ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި
ހަނިމާދޫ އާއި މާމިގިލީ ހޮސްޕިޓަލް އަދި ގާފަރު ސިއްހީ މަރުކަޒު ހަދަން
ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއު: ބޮޑުތަކުރުފާނު މަގުގައި ހައި ވޮލްޓޭޖް ހޮޅި
ކުޑަހުވަދޫގެ ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމުގެ ތަރައްގީކުރުން އާރްޑީސީއަށް
ދ. އަތޮޅު ހޮސްޕިޓަލުގައި 50 އެނދުގެ އާ އިމާރާތެއް ހަދަން އާރުޑީސީއަށް
މުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް، ދެ މަގެއްގައި ދަނީ ބައްތި
ކޮލަމާފުއްޓާއި ވިލިނގިލި އަދި ތިމަރަފުށީ މަގު ހެދުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށް