ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ހަށިވިއްކަމުންދިޔަ މައްސަލައިގައި ރޭ ހައްޔަރުކުރި 55 އަހަރުގެ ދިވެހި ފިރިހެން މީހާ ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭގެ ވަގުތެއްގައި މާލޭގެ ސްޕާއެގައި ހަށިވިއްކަމުން ދިޔަ 4 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އެ ދިވެހި ފިރިހެން މީހާގެ އިތުރުން ތައިލެންޑްގެ ތިން އަންހެނަކު ކަމަށެވެ. އެއީ 30 އަހަރުގެ ދެ އަންހެނަކާއި 28 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިރޭ އެ މައްސަލައިގެ އަޕްޑޭޓެއް މީޑިއާތަކާ ހިއްސާކޮށް ބުނީ އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތައިލެންޑުގެ ތިން އަންހެނުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަދި ދިވެހި ފިރިހެން މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

18 Comments
ގުޅުންހުރި
ރައުދުގެ ބަންދު އަމުރުތައް ސިއްރުކުރަން ފަށައިފި
ކަސްޓަމުގެ ގުދަނުން ސިނގިރޭޓް ގެއްލުން: އެންމެން ދޫކޮށްލައިފި
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީއެއް، އެކައުންޓުގައި
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި
ނަޑެއްލާއަށް ދިޔަ ބޯޓަކުން އެ ރަށަށް ފޭބި މީހަކު ގެއްލިއްޖެ، ހޯދަން