ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުއެކީގައި ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ އެ ދެ އިންތިހާބު އެކުގައި ބޭއްވުން ކަމަށެވެ. އޭރުން އެތައް ގުނައެއް ހަރަދު ކުޑަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހަށް އިންތިހާބަށް 120 މިލިއަން ރުފިޔާ އަދި ރިޔާސީ އިންތިހާބުގެ ދެ ބުރަށް 180 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. އެހެންކަމުން އެ ދެ އިންތިހާބު އެއްކޮށް ބާއްވާނަމަ މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި އެއީ ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ނިންމުމަށް ހޭދަކުރެވިދާނެ ފައިސާ ކަމަށް ވިދާޅުވި އެވެ.
”ދެ އިންތިހާބު އެކުއެކީގައި ބޭއްވިއްޖެނަމަ އެއީ ރައްޔިތުންނަވެސް ވަރަށް ފަސޭހަ ކަމަކަށް އެބަވޭ. ރައްޔިތުން ބޭނުންވާ ގޮތަށް ދައުލަތުގެ ބާރުތަކަށް މީހުން ހޮވާއިރު ވެރިކަން ކުރުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހޮވާ ބޭފުޅުން ހޮވުމުގައި އެ ވިސްނުމުގައި ކުރުމަށް ފަސޭހަ ވެގެންދޭ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށާއި ދެ އިންތިހާބު އެކުއެކީގައި ބާއްވަން ރައްޔިތުންނަށް ފެންނަ ނަމަ، ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2028 ގައި ދެ އިންތިހާބު އެކުއެކީގައި ބޭއްވޭނެ ކަމަށެވެ.

7 Comments
ގުޅުންހުރި
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމަށް
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީހީ ގިނަ ކާމިޔާބީތަކެއް ހާސިލުވެއްޖެ: ޝަހީމް
ގައުމީ ދުވަހުގެ ޝަރަފްވެރި ހިނގާލުން މާދަމާ ހަވީރު
ކަނޑައެޅި ވަގުތުގެ ކުރިން ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް، ފަހުމީގެ ޝުކުރު މުވައްޒަފުންނަށް
ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ދެ ގޮތެއް ހުށަހަޅައިފި: ވިލާއަށް