ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު އައްޔަންކޮށްފި އެވެ.
އެކަން ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ނިހާދުއާ އެކު ޓޫރިޒަމް މިނިސްޓްރީގައި މި ވަގުތު ފަސް ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވި އެވެ.
ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުން އެ މިނިސްޓްރީގައި ތިއްބަވަނީ އެންމެ ދެ ސްޓޭޓް މިނިސްޓަރުންނެވެ. އެ ވެބްސައިޓް އަޕްޑޭޓް ނުވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ.
ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންނަށް ލިބޭ މުސާރައިގައި ފަރަގުތަކެއް އުޅޭއިރު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 43،500ރ. ލިބެ އެވެ.
އެހެންކަމުން އެ މިނިސްޓްރީގައި ތިއްބަވާ ފަސް ސްޓޭޓް މިނިސްޓަރުންގެ މުސާރައާއި އިނާޔަތަށް އެކަނިވެސް މަހެއްގެ މައްޗަށް 217،500ރ. ހަރަދުވާނެ އެވެ.
ނިމިދިޔަ 19 ވަނަ މަޖިލީހަށް އިންތިހާބުވި ނިހާދު އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ނަމަވެސް ވެރިކަން ބަދަލުވިތާ މަހެއްހާ ދުވަސް ފަހުން ނިހާދު ވަނީ ޕީއެންސީއަށް ސޮއި ކުރައްވައިފަ އެވެ.




ގުޅުންހުރި
ނުރައްކާވާ މިންވަރަށް ވައި ނުސާފު ދުވަހެއް، ކުރިއަށް އޮތް 5 ދުވަސް
އުމްރާއަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ
ކިލޯއަކަށް ވުރެ ގިނަ ޑުރަގާއެކު ދެ މީހުން ހައްޔަރަށް، ބަންދަށް ޖެހީ
ބްރޯޑްކޮމްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލާގައި ފަޒީންއަށް
އެޑްމިޓް ކޮށްފައިވާ އުމްރާވެރިއަކު ރާއްޖެ ގެންނަނީ
ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލައި، 44 މިލިއަން ރުފިޔާ އިން