އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު ރީކޯއަށް ދެވެން ނެތް ކަމަށް އަންގައިފި

މުސާ މަނިކު (ރީކޯ މޫސަ)

އެމްޑީޕީގެ ގައުމީ މަޖިލިސް ބައި-އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މުސާ މަނިކު (ރީކޯ މޫސަ) ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގުތުމަށް އެމްޑީޕީން ނިންމައިފި އެވެ.

މޫސާ ވަނީ އެމްޑީޕީގެ މާލޭ ސިޓީގެ ރައީސްގެ ބައި- އިލެކްޝަންގައި ވާދަކުރެއްވުމަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ އިންތިހާބުގައި މޫސާއަށް ވާދަނުކުރެވޭނެކަން އަންގައިފަ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މޫސާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާއަށް އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނީ ވަކި ބޭފުޅަކަށް ވެރިކަން ނުލިބިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

”ކީކޭދެން ބުނާނީ؟ އެމްޑީޕީހެ ލީޑަޝިޕުން އަޅުގަނޑަށް މިހާވަރެއް ކުރަންމިޖެހެނީ ކޮންސަބަބަކާހުރެތޯ؟ އެއްވެސް ކަމެއްގަ ބައވެރިވުމުގެ ކުޑަވެސް ފުރުސަތެއް ނެތް. 2014ގަ ޕާޓީން ކަނޑާލީވެސް ނަޝީދުއަށްވެރިކަން ލިބުމުގަ ހުރަހަކަށްވާތީކަން ޔަގީން މިހާރުވެސް އެ ބިރު“ މޫސަ ވިދާޅުވި އެވެ،

ވީ ކިހިނެއް؟ – ބައި-އިލެކްޝަންގެ މާލެ ދާއިރާގެ ރައީސް ކަމަށް މޫސަ ހުށަހެޅުއްވި ހުށަހެޅުން ބަލައިގަނުގަތުމުން، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދު އެކްސްގައި އޭނާ ވަނީ ކަންބޮޑުވުން ފާޅު

2014 ވަނަ އަހަރު މޫސަ މަނިކު ޕާޓީގެ ވިޕްލައިންއާ ހިލާފު ވެގެން ކަނޑާލި މައްސަލާގައި ނިންމާފައިވާ ގޮތުން އަލުން ޕާޓީއަށް ވަދެވަޑައިގަތުމަށް ފަހު، ފަސް އަހަރު ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް ވާދައެއް ނުކުރެވޭނެ ކަމަށެވެ.

މޫސާ އެމްޑީޕީން ވަކިކުރެއްވުމުގެ އިތުރުން އެ ޕާޓީން ނިންމައިފައިވަނީ އޭނާ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.