ތިން މީހެއްގެ ގުރޫޕަކުން މީހަކު ރަހީނުކުރުމަށްފަހު އެ މީހާގެ އިނގިއްޔެއް ބުރިކޮށްލައިފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ޒުވާނެއް އަދި 23 އަހަރުގެ ޒުވާނެކެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
އެ ތިން މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، އެ މީހުން ހައްޔަރުކުރީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ޖެހުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތުގަ އެވެ.
އަދި އެ ތިން މީހުންނަކީވެސް އަނިޔާ ލިބުނު މީހާއާ އެއް ތަނެއްގައި މަސައްކަތްކުރި ބައެއް ކަމަށް ކޯޓު އަމުރުން އެނގެ އެވެ.
އެ ތިން މީހުންގެ ބަންދު މަޖިލީހަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ ސްނެޕްޝޮޓްތަކަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯއަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅައިފަ އެވެ.
ބަންދު މަޖިލީހުގައި ވާހަކަ ދައްކަމުން އެ ތިން މީހުންވެސް ވަނީ އަނިޔާ ލިބުނު މީހާ ރަހީނުކޮށްފައި ނުވާނެ ކަމަށާއި އިނގިލި ބުރި ނުކުރާ ކަމަށާއި ޕަވާޓޫލެއް ބޭނުންކުރަނިކޮށް އަނިޔާ ލިބުނު ކަމަށް ބުނެ އެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.
ނަމަވެސް ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އަނިޔާ ލިބުނު މީހާގެ ފޮޓޯތަކަށް ބަލާއިރު ޖިސްމާނީ އަނިޔާ ގަސްދުގައި ދީފައިވާ ކަމަށް ބެލެވެ އެވެ.
ކްރިމިނަލް ކޯޓުން ވަކިވަކިން ނެރުނު އަމުރުތަކުގައިވާ ގޮތުން ޝަރީއަތް ނިމެންދެން ތިން މީހުން ވެސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި މައްސަލައިގެ ތަހުގީގު ނިމުމުން އެ ތިން މީހުންވެސް ރިމާންޑް ޖަލަކަށް ބަދަލުކުރަންވެސް ވަނީ އަމުރުކޮށްފަ އެވެ.




ގުޅުންހުރި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި