ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރުސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް އާއި އެ ކުންފުނީގެ އެންމެ ދުވަސްވީ މުވައްޒަފުގެ ގޮތުގައި ހުރި އިބްރާހިމް އާސިމް (އައިބީ) މަގާމުން ވަކިކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްސާމާއި އޭނާ މަގާމުން ވަކިކުރަން ނިންމީ އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގަ އެވެ. ނަމަވެސް ދެ ބޭފުޅުން ވަކިކުރި ސަބަބެއް އެ ކުންފުންޏަކުން ނުބުނެ އެވެ.
އެމްއެމްޕީއާރުސީ އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތްކުރާ އައިބީ އަކީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން އޮންނަ ރާއްޖޭގައި ޓޫރިޒަމް އިޝްތިހާރު ކުރަން އުފައްދާފައިވާ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގަ އެވެ.
އެނގިފައިވާ ގޮތުގައި ބައްސާމު ވަކިކުރީ، ސަރުކާރުން ގެންގުޅޭ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިންނެވެ.
މި ފަހުން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އާއިޝާ ނޫރައިން ޖަނާހު އަދި ބޯޑުގައި ސަރުކާރު ތަމުސީލު ކުރެއްވި ރާފިލް މުހައްމަދު ވަނީ އެ ކުންފުނިން އިސްތިއުފާ ދެއްވައިފަ އެވެ.
އެ ފަހުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) ވަނީ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކޮށްފަ އެވެ.
އެ މަގާމަށް މިހާރު އައްޔަން ކޮށްފައިވަނީ ކުރީގައި ރާއްޖޭގެ ޓީޓީގެ އެންމެ މޮޅު ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރުން ވަނީ އައްޔަންކޮށްފަ އެވެ.




ގުޅުންހުރި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި