ކައުންޓާފީޓް ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާހިލާފަށް ރާއްޖެއަށް އެތެރެވާން މަސައްކަތްކުރީ 28 އަހަރުގެ ބިދޭސީއަކާއި، 31 އަހަރުގެ ބިދޭސީއަކާއި، 25 އަހަރުގެ ބިދޭސީއަކާއި 22 އަހަރުގެ ބިދޭސީއެއް ކަމަށެވެ.
އެ ހަތަރު މީހުން ހުއްޓުވާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ ބިދޭސީން ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް އަދި އެ މީހުން ރާއްޖެ އެތެރެވާން މަސައްކަތްކުރީ ކޮން ގައުމެއްގެ ޕާސްޕޯޓެއްގައި ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.




5 Comments
ގުޅުންހުރި
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟