މާރާމާރީ ހިންގައިފާނެތީ ފާރަލާން ޖެހޭ 8 ގޭންގެއް، މާލެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަލީ އާރިފް ވިދާޅުވީ މާލޭގެ އެކި ހިސާބުތަކަށް އެއްވެ ތިބެ ޖިނާއީ ކުށްތަކަށް އަރައިގަންނަ އަށް ގޭންގެއްގެ އަބަދުވެސް ފުލުހުންގެ ސަމާލުކަމުގައި ހުންނަ ކަމަށެވެ. އެ ގޭންގުތަކުން މާރާމާރީ ހިންގާފާނެތީ ނުވަތަ އެ ނޫން ވެސް ޖިނާއީ އަމަލެއް ހިންގައިފާނެތީ ފުލުހުން އަބަދު ވެސް ތިބެން ޖެހެނީ ފާރަލައިގެން ކަމަށް އާރިފު ވިދާޅުވި އެވެ.
”އެއީ އަޅުގަނޑުމެން އެ މީހުން ތިބޭ ތަންތަނަށް ގޮސް އަބަދުވެސް ފާރަލާން ޖެހޭ ބައެއް،“ އާރިފް ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮން ގޭންގުތަކެއްކަން ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.
އާރިފު ވިދާޅުވީ އެ ގޭންގުތަކުން ވަނީ ކުށުގެ ވެއްޓަން ކުޑަކުދިން ހޭނުމަށް ވެސް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ގޭންގުތަކުން އެކަން އެގޮތަށް ކުރަނީ ކުޑަކުދިންނަށް ގާނޫނީ ގޮތުން ލިބިދީފައި އޮންނަ ރައްކާތެރިކަމުގެ ބޭނުން ނަހަމަގޮތުގައި ހިފައި، އެ ކުދިން ލައްވާ ޖިނާއީ ބޮޑެތި ކުށްކުރުވުމަށް ކަމަށް އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ތެރޭގައި އަލަށް އުފެއްދި، ’ގޭންގް ކްރައިމް އެންފޯސްމަންޓް ޑިޕާޓްމެެންޓުން‘ ، ގޭންގުތަކާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.




5 Comments
ގުޅުންހުރި
އަބްދުﷲ ދީދީ، ރައީސަށް: ގޭންގުތައް ނެތް ކަމަށް ވިދާޅުވަނީ މަސްއޫލިއްޔަތުން ރެކެން!
އިމްރާން، ރައީސަށް: ގޭންގުތައް ނައްތާލެވިއްޖެ ކަމަށް ވިސްނައިދިނުމަކީ ނުރައްކަލެއް
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ