ސިހުރުގެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް މިއަދު ދޫކޮށްލައިފި އެވެ.
ސިޔާސީ ގޮތުން ރައީސް މުއިއްޒުއާ ކައިރިވުމަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒާ އެކު އިތުރު ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެ ފަހަރު އެ ތިން މީހުން އިތުރު ހަތް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކުރި އެވެ.
އޭގެ ފަހުން، މި މަހުގެ އެއް ވަނަ ދުވަހު، ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތު ހުޅުމާލޭ ކޯޓުން އިތުރު ހަތް ދުވަހަށް ދަންމާލި އެވެ. ނަމަވެސް އެ މައްސަލައިގައި ދެން ހައްޔަރުކުރި ހުސެއިން ސަމީރު އެ ދުވަހު ކޯޓުން ދޫކޮށްލި އެވެ.
އެނގިފައިވާ ގޮތުގައި ޝަމްނާޒާއި އޭނާގެ ކޮއްކޮ ސިހުރު ހަދައިދޭން އެދުނީ ސަމީރު ކައިރިންނެވެ.
ފުލުހުން މިއަދު ބުނީ ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެ މީހުން ދޫކޮށްލީ، އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ޝަމްނާޒް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާގެ ކުރީގެ ފިރިކަލުން، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުވެސް ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް ރަމީޒު ސަސްޕެންޑް ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

ގުޅުންހުރި
ރަސޫލާއަށް ފުރައްސާރަ ކުރި ރުޝްދީއަށް ހަމަލާދީ އެއް ލޯ ކަނުކޮށްލި މީހާއަށް
65 ގައުމެއްގެ ސިޔާސީ ލީޑަރުން ކައިރީ ޝާހިދު: ރައީސް މުއިއްޒު ގެންދަވަނީ
ފަނޑިޔާރުން ވަކި ކުރި ގޮތް އެމްޑީޕީން ބޭރު ދުނިޔެއަށް ކިޔައިދޭތީ ހަލީލު
ދިވެހި ހައްޖުވެރިން މި މަހު 26 ގައި ފުރަން ފަށާނެ
ރާއްޖޭގައި ގިނަ ދަރިން ނުހޯދަނީ ގެދޮރާއި މާލީ ދަތިކަމުގެ ސަބަބުން: ދިރާސާ
މުސާރަ ނުދޭތީ ޑީބީއެމްގެ ކުރީގެ ސީއީއޯ ހުށަހެޅި މައްސަލަ ބާތިލުކޮށްފި