ސަރުކާރުން މިދިޔަ މެއި މަހު އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގައި އެސްޓީއޯ އިން ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސީޕްލޭން ޓާމިނަލް، ނޫވިލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ވަނީ އެ ކުންފުނިން ފަށަން ނިންމި ޑިޖިޓަލް ބޭންކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ, ޑިޖިޓަލް ބޭންކު ހުޅުވަން އެމްއެމްއޭގެ ލައިސަންސަށް އެދުމުން އެ އޮތޯރިޓީގެ ރެކޮމެންޑޭޝަންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުގެ ޑިވެލޮޕްމަންޓް ބޭންކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާތީ, ރަނގަޅީ ކޮން ގޮތެއްތޯ ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްއެމްއޭ އިން ލިބިފައިވާ ރިކޮމެންޑޭޝަންތަކުގެ ތަފުސީލަކަށް ޝިމާދު ރޭ ވަޑައެއް ނުގަންނަވަ އެވެ.
އެސްޓީއޯ އިން ’އިވޯލްވް’ގެ ނަމުގައި ޑިޖިޓަލް ބޭންކެއް ހެދުމުގެ ހުއްދައަށް އެދި އެމްއެމްއޭ އަށް ހެށަހެޅީ 2021 ވަނަ އަހަރު އެވެ. ނަމަވެސް 2022 ވަނަ އަހަރު އެމްއެމްއޭ އިން ނިންމީ އެ ހުއްދަ ނުދިނުމަށެވެ.
އެ ފަހުން އަލުން އެ ލައިސަންސަށް އެދެން އެސްޓީއޯ އިން ނިންމި އެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއްވެސް ނުވެ އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި