ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި އާއި އެ ފީއާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާތައް ހިމެނޭ ގޮތަށް ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު ވިދާޅުވީ، ދައުލަތަށް ނުލިބިވާ1.7 ބިލިއަން ރުފިޔާގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި ލިބިފައިވަނީ އެންމެ 74 މިލިއަން ރުފިޔާ ކަމަށެވެ.
އެއީ ލިބެންޖެހޭ އަދަދުގެ 0.1 ޕަސެންޓެވެ.
ހޯމް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީ ދައުލަތަށް ލިބިފައިނުވާ ކަމަށެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި