ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ބައެއް މީހުން ވަޒީފާ އިން ވަކިކުރި ނަމަވެސް ވަޒީފާ ގެއްލޭ މީހުން ކެތްތެރިވުމަށް މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް (އިމްނާ މުސްތޮ) ވިދާޅުވެއްޖެ އެވެ.
ޕީއެންސީން އެ ޕާޓީގެ މައި ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި މުސްތަފާ ވިދާޅުވީ ކުރީ ސަރުކާރުން ވެރިކަމުން ފައިބައިގެން ދިޔައީ ގައުމުގެ މައިކަށި ބިންދައިލުމަށްފަހު ކަމަށާއި އެހެންވެ ގައުމުގެ އިގުތިސޯދު ފުނޑުފުނޑުވެފައިވާ ކަމަށެވެ. އަދި އިގުތިސޯދު ރަނގަޅުނުކޮށް އިތުރު ކަމެއް ކުރެވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގައުމުގެ ހަރަދު ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ކަންކަން ތަންފީޒު ވެގެންދާއިރު ބައެއްގެ ވަޒީފާތައް ގެއްލުމަކީ ވެދާނެ ކަމެއް ކަމަށެވެ.
”އެއީ ބޭނުންވެގެންކުރާނެ ކަމެއް ނޫން އެއީކީ. ގައުމުގެ ވެރިއަކު އެ ގައުމުގެ ވެރިކަން ގެއްލި ދިޔުމަށްޓަކާ، ގެއްލިދާނެހެން ހީވާ އެއްވެސް ކަމެއް ނުކުރާނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަކީ ސިޔާސީ ބޭފުޅަކަށްވުރެ ބޮޑަށް ގައުމު ދެކެ ލޯބިވާ ލީޑަރެއް. އެ ލީޑަރަކު ނަންގަވާ ޑިސިޝަން އެގޮތަށް ނަންގަވާނެ. އޭގެ ސަބަބުން ބައެއް ބޭފުޅުންގެ ވަޒީފާ ގެއްލުނީމަ ހިތްހަމަނުޖެހުން އަންނާނެ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ އެވެސް ކެތްތެރިކަމާއެކީ އެހަށް ބަލައިގަންނާށޭ. ކުޑަކުޑަ ދުވަސްކޮޅެއް، ކުޑަކުޑަ ވަގުތުކޮޅެއް ސަރުކާރަށް ވެސް އަޅުގަނޑުމެން ދޭން ޖެހޭ، ރަނގަޅުކުރަން ކުޑަކުޑަ ވަގުތުކޮޅެއް، ކުޑަކުޑަ ފުރުސަތެއް އަޅުގަނޑުމެން ދޭންޖެހޭ“ މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމު މިހާރު އޮތީ އައިސީޔޫގައި ނޭވާ ހޮޅިއަށް އެޅިފައި ކަމަށާއި ގައުމުގައި ކުރާނެ ކަމެއް ނެތް ކަމަށެވެ. އެހެންކަމުން ގައުމު އެ ހާލަތުން ސަލާމަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅުންހުރި
ރައީސް ގެންދަނީ ހުދުމުހުތާރު ނުވެ ވެރިކަން ކުރެވޭނެކަން ސާބިތު ކޮށްދެމުން: ޕީއެންސީ
ގައުމީ މައްސަލަތަކަށް ތެދުބަހުން ވާހަކަދެއްކެމުގައި ރައީސް ގެންދަނީ ނަމޫނާ ދައްކަމުން: ޕީއެންސީ
ރާއްޖޭގެ ސުކޫކް ޑިފޯލްޓްވުމުން ސަލާމަތްކޮށްދޭނަން: އިންޑިއާގެ އޮފިޝަލުން
ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް
ހުދުމުހުތާރުވެރިން ބޭނުންވިޔަސް މިނިވަން ނޫސްވެރިކަން ނައްތައެއް ނުލެވޭނެ: ފައްޔާޒު
ރައީސް މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާނެ: ރައީސް އޮފީސް