މި ދުވަސްކޮޅަކީ ދަތި ދުވަސްކޮޅެއް ކަމަށާއި އެހެންކަމުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަންޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އާރިފް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ރައްކާތެރިކުރުމަށްޓަކާ ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމަށްޓަކާ މި ސަރުކާރަށް ފައިސާ ޗާޕު ކުރެވިދާނެ ކަމަށާއި ނަމަވެސް އެއީ ޒިންމާދާރު ވެރިން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ، އިހުލާސްތެރި ވެރިންނަކީ އުނދަގޫވި ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް އޭރަކު އަޅަން ކެރޭ ބޭފުޅުން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެފަދަ ބޭފުޅެއް ކަމަށެވެ. އަދި ރާއްޖެއަށް މިއީ ދަތި ދުވަސްކޮޅެއް ނަމަވެސް ރާއްޖެ ބަނގުރޫޓެއް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއި ކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކާލައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުން،“ އާރިފް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އާރިފް ވަނީ މާލީ ހާލަތާއި ގުޅިގެން ދުވަސްވީ މީހުންނަށްދޭ އިނާޔަތްތަކާއި ކިޔަވާ ކުދިންނަނަށް ދޭ އިނާޔަތްތަކާއި އެކަނިވެރި މައިންނަށް ދޭ އިނާޔަތްތައް ސަރުކާރުން ކަނޑާނުލާނެކަމުގެ ޔަގީންކަންވެސް ދީފަ އެވެ.




ގުޅުންހުރި
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި